ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިޒްރޭލުން އެއްވެސް މަސައްކަތެއް ނުކުރާކަން ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީގެ ބަސްފުޅުތަކުން ހާމަވެއްޖެއެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅުނު އެއްވެސް ހުށަހެޅުމެއް އިޒްރޭލުން ބަލައިނުގަތް ކަމަށާއި، ލުބުނާނު ސަރުކާރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 ތަންފީޛުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައިވާ ކަމަށްވެސް ލުބުނާނުގެ މީޑިއާއިން ބުނެއެވެ.

ލުބުނާނުގެ ސިއްޙީ އިދާރާތަކުން ބުނާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ޙަމަލާތަކުގައި ލުބުނާނުން ގާތްގަނޑަކަށް 3,000 މީހުން މަރުވެ، 13,300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މިފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރުވެސް އިޒްރޭލުން ހަނގުރާމަ ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ލުބުނާނުން ފާހަގަ ކުރެއެވެ.