ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ރަވީނާ ތަންޑަންގެ ދަރިފުޅު ރަޝާ ތަދާނީގެ ފުރަތަމަ ފިލްމު 'އާޒާދް'ގެ ޓީޒާ ރިލީޒްކޮށްފިއެވެ.
މި ފިލްމުގައި ރަޝާގެ އިތުރުން މަޝްހޫރު ތަރި އަޖޭ ދޭވްގަން އަދި އަޖޭއަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަން ފެނިގެންދާނެއެވެ. މި ފިލްމަކީ އަމަންގެވެސް ފުރަތަމަ ފިލްމެވެ. މި ޕީރިއަޑް ޑްރާމާ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ މަހުއެވެ.
މި ފިލްމުގައި ރަޝާ އަދި އަމަން އަލަށް ފެނިގެންދާއިރު، މި ފިލްމުން މި ދެ ތަރިންނަށް ޖާގަ ލިބިފައިބަނީ 'ނެޕޮޓިޒަމް'ގެ ޒަރިއްޔާއިން ކަމަށް ބުނެ ގިނަ ބެލުންތެރިން ވަނީ ފާޑުކިޔާފައެވެ. މީގެ ކުރިންވެސް ބޮލީވުޑްގެ އެކި ތަރިންގެ ދަރިން ބޮލީވުޑްގައި ކުރިއަރަނީ ނެޕޮޓިޒަމްގެ ޒަރިއްޔާއިން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.









