Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ފުޓުބޯޅަ އަލުން ކޮޅަށްޖެހުމަށް ފީފާއިން އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި

ރާއްޖޭގެ ފުޓުބޯޅަ އަލުން ކޮޅަށްޖެހުމަށް ފީފާއިން އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ
676 ދުވަސް ކުރިން - 2 ނޮވެންބަރު 2024 15:24
ފީފާގެ ރައީސް އިންފަންޓީނޯ- ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ފީފާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވި.
ފީފާގެ ރައީސް އިންފަންޓީނޯ- ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ފީފާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވި.
ޚުލާސާ

ރާއްޖޭގައި ޒުވާން ކުޅުންތެރިން ތަރައްޤީ ކުރުމަށް ފުޓްބޯޅަ އެކަޑަމީއެއް ޤާއިމުކުރުމަށް ފީފާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވި ކަމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީން ބުނޭ.

ރާއްޖޭގެ ފުޓުބޯޅަ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައި، ރާއްޖޭގެ ފުޓުބޯޅަ އަލުން ކޮޅަށްޖެހުމަށް ފީފާއިން އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

އެފްއޭއެމް ހިންގުމަށް ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ބުނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްޤީކުރުމަށް ޚާއްޞަ އެހީތެރިކަމެއް ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

ފީފާއިން ޢާންމުކޮށް ދޭ ބަޖެޓުގެ އިތުރުން، އެފްއޭއެމްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަޙްމަދު ޒުހޫރުވެސް ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި އެފްއޭއެމްގެ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހުން މަހަށް ފައިސާގެ އެހީއެއް ދިނުން ހިމެނެއެވެ.

Advertisement

Advertisement 1

އަދި ރާއްޖޭގައި ޒުވާން ކުޅުންތެރިން ތަރައްޤީ ކުރުމަށް ފުޓްބޯޅަ އެކަޑަމީއެއް ޤާއިމުކުރުމަށް ފީފާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވެއެވެ. މި އެކަޑަމީގެ ތެރެއިން ޒުވާން ކުޅުންތެރިން ތަމްރީނުކުރުމާއި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް މަސައްކަތް ފަށާނެއެވެ.

ހުޅުމާލޭގައި ޤާއިމުކުރަން ނިންމާފައިވާ ފުޓްބޯޅަ އެކަޑަމީގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެހީތެރިކަމަށް އެދި އެފްއޭއެމްއިން ވަނީ ސަރުކާރަށްވެސް ސިޓީއެއް ފޮނުވާފައެވެ. މިހާރު އެ ބިން އަނބުރާ ހޯދުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

އެފްއޭއެމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

59 ދުވަސް ކުރިން - 19:15

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

98 ދުވަސް ކުރިން - 10:38

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

188 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

191 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

192 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

221 ދުވަސް ކުރިން - 10:22