Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިޞްލާޙުތަކުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

އިޞްލާޙުތަކުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

އުސްތާޛް މުޙައްމަދު ޢަލީ
633 ދުވަސް ކުރިން - 31 އޮކްޓޫބަރު 2024 14:36
މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުން. މިބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރޭ. / ފޮޓޯ: މަޖިލިސް
މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުން. މިބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރޭ. / ފޮޓޯ: މަޖިލިސް
ޚުލާސާ

ޚަރަދު ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ނިޒާމް ހަރުދަނާކޮށް، އާސަންދަ ނިޒާމު މުރާޖަޢާ ކުރުމާއި އެސްއޯއީތައް ރިފޯމްކުރުން ފަދަ ކަންތައްވެސް ވެސް ހިމެނޭ

2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ތަންފީޒުކުރަން ނިންމާފައިވާ މާލީ އިސްލާހުތަކާއެކު ދައުލަތުގެ ޚަރަދުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް 0ޒަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުމާއި، އާސަންދަ ނިޒާމު މުރާޖަޢާކޮށް މިހާރަށްވުރެ ވަށާޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓަރނަލް ސެކްޓަރގެ ހިރާސްތައް ހެޖްކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް މުރާޖަޢާކުރުމާއި، އެސްއޯއީތައް ރިފޯމްކުރުން ވެސް ހިމެނެއެވެ.

Advertisement

Advertisement 1

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހީނަރުވެފައިވާ ފިސްކަލް ހާލަތް. އަހަރުތަކެއް ވަންދެން ޚަރަދު ކުޑަކުރުން ފަސްކޮށް، ބޮޑެތި އަދަދުތަކުން ޑެފިސިޓް ބަޖެޓުތައް ތަންފީޒުކުރަމުން ގޮސްފައިވުމުގެ ނަތީޖާއަކީ، ދައުލަތުގެ ދަރަނި އިތުރުވެ، މިހާރު އެކީ އެއްފަހަރާ ގިނަ ނިޒާމީ ބަދަލުތަކެއް ގެންނަން މަޖުބޫރުވުން،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމުގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބައެއް ޓެކުހާއި ފީގެ ރޭޓުތައް މަތިކުރުމާއި، ޖީއެސްޓީ ނެގޭ ދާއިރާ ފުޅާކުރުން ހިމެނެއެވެ.

އޭގެތެރޭގައި ޑިޕާޗަރ ޓެކުހާއި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީގެ ރޭޓުތައް މަތިކުރަން ވަނީ ނިންމާފައެވެ. މި ބަދަލުތައް ފަރުމާކޮށްފައިވަނީ އާންމު ދިވެހި ރައްޔިތުންނަށް ބުރަ ބޮޑުނުވާނޭ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ މެދުތެރޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ފުރިހަމައަށް ތަންފީޒުކުރަން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއާއެކު އޮފްޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިންގ ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިނޭންސްބަޖެޓްބަޖެޓް 2025
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

8 ދުވަސް ކުރިން - 18:28

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

10 ދުވަސް ކުރިން - 10:27

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

10 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

13 ދުވަސް ކުރިން - 10:15

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

48 ދުވަސް ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

48 ދުވަސް ކުރިން - 11:49

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%