Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެންސަރު ހޮސްޕިޓަލަކާއި ނަފްސާނީ ފެސިލިޓީއެއް ޤާއިމުކުރަން ނިންމައިފި

ކެންސަރު ހޮސްޕިޓަލަކާއި ނަފްސާނީ ފެސިލިޓީއެއް ޤާއިމުކުރަން ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ
668 ދުވަސް ކުރިން - 31 އޮކްޓޫބަރު 2024 14:11
މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުން / ފޮޓޯ: މަޖިލިސް
މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުން / ފޮޓޯ: މަޖިލިސް
ޚުލާސާ

ޚާއްސަ 5 ހޮސްޕިޓަލް ޤާއިމްކުރުމަށް ނިންމާފައިވާއިރު، ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމާއި އޯގަން ޓްރާންސްޕްލާންޓް ފަދަ ޚާއްސަ ސިއްހީ ޚިދުމަތް ރާއްޖެއިން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ޚާއްސަ އިސްކަމެއްދީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ 5 ހޮސްޕިޓަލް އަޅާނެ ކަމަށް އިޢުލާން ކޮށްފިއެވެ.

މިއަދު މާލީ ވަޒީރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި، ސިއްހީ ދާއިރާއަކީ އަވަސް ކުރިއެރުމެއް ބޭނުންވާ ވަރަށް މުހިންމު ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި ޚާއްސަ ފަރުވާއަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ ކެންސަރަށް ޚާއްސަ ހޮސްޕިޓަލަކާއި ނަފްސާނީ ސިއްހަތުގެ ފެސިލިޓީއެއް ޤާއިމުކުރުމަށް ފައިސާ ކަނޑައަޅާފައެވެ. މީގެ އިތުރުން، މުޅި ދިވެހިރާއްޖޭގައި ހަމަހަމަ ގޮތެއްގައި ސިއްހީ ޚިދުމަތް ލިބޭނެ ގޮތް ހެދުމުގެ ގޮތުން ރަށު ސިއްހީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތައް ފުޅާކުރުމުގެ ޕްލޭންތައް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

ސިއްހީ ދާއިރާގެ ތަރައްޤީއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން، ޚާއްސަ 5 ހޮސްޕިޓަލް ޤާއިމްކުރުމަށް ނިންމާފައިވާއިރު، މި ހޮސްޕިޓަލްތަކުގެ ސަބަބުން ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމާއި އޯގަން ޓްރާންސްޕްލާންޓް ފަދަ ޚާއްސަ ސިއްހީ ޚިދުމަތް ރާއްޖެއިން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

Advertisement

Advertisement 1

މިއީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދަތުރުކޮށް އެކަމަށް ބަރޯސާވުން ކުޑަކޮށްދޭ ހަރުދަނާ ސިއްހީ ފަރުވާގެ އިންފްރާސްޓްރަކްޗަރއެއް ތަރައްޤީ ކުރުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތާ އެއްގޮތް ކަމެކެވެ. މިކަމަކީ ސިއްހީ ޚިދުމަތުގައި މިހާރު ހުރި ފަރަގުތައް ހައްލުކޮށް، މެޑިކަލް ދާއިރާގައި ދިވެހި ޒުވާން ޕްރޮފެޝަނަލުންނަށް އިތުރު ފުރުސަތުތަކެއް ލިބި، އަމިއްލައަށް ބަރޯސާވާ ސިއްހީ ނިޒާމެއް ބިނާކުރެވޭނެ ކަމެއް ކަމަށް ވެސް މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

2025 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ވަނީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. 

ރައްޔިތުންގެ މަޖިލިސްބަޖެޓްބަޖެޓް 2025
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

4 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

4 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43