ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ގެމްބިޔާގެ ފަސްޓް ލޭޑީ ފާތުމައްޓާ ބައްބަރޯއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ މެރކް ފައުންޑޭޝަން އޭޝިއާ އެފްރިކާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގައި ހުރި އެއްގޮތް ނާޒުކު މައްސަލަތައް ޙައްލުކުރުމަށް މުޖުތަމަޢު ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މުހިންމުކަން ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މެރކް ފައުންޑޭޝަންގެ ފަރާތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.
First Lady Madam Sajidha meets the First Lady of The Gambia https://t.co/jQMuwXDSrz pic.twitter.com/WOqIIiZRao
First Lady Madam Sajidha meets the First Lady of The Gambia https://t.co/jQMuwXDSrz pic.twitter.com/WOqIIiZRao
— The President's Office (@presidencymv)ދެ ބޭފުޅުންގެ ވާހަކަފުޅުގައި، މުޅި ދުނިޔެއަށް ބަލާއިރުވެސް، ކޮންމެ ޤައުމަކަށް ނިސްބަތްވީ ނަމަވެސް އަންހެނުންނަށް އެއް ބާވަތްތަކެއްގެ ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުންގެ ތަރައްޤީއަށާއި، ޞިއްޙަތަށާއި، އަދި ތަޢުލީމަށް އިސްކަންދިނުމުގެ މުހިންމުކަމާ މެދު ވެސް މަޝްވަރާ ކުރައްވާފައެވެ.









