ނޭޓޯގެ ސިފައިން ޔުކްރެއިންގެ ހިމާޔަތުގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވާކަމަށް ބުނެ ރިޕޯޓުކޮށްފިއެވެ.
ޔޫކްރޭންގައި އުތުރު ކޮރެއާގެ ސިފައިން ރަޝިޔާގެ ސިފައިންނާ ގުޅިފައިވާ ކަމަށް ބުނާ ރިޕޯޓްތަކަށް ރައްދުދީ އެމެރިކާ އާއި ނޭޓޯގެ އޮފިޝަލުން ވަނީ ހާލަތު ގޯސްވެދާނެތީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އޮސްޓިން ވިދާޅުވީ ހެކިތަކުން ދައްކާ ގޮތުގައި އުތުރު ކޮރެއާގެ ސިފައިން ރަޝިޔާއަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެމީހުންގެ ވަކި ދައުރެއް އަދި ސާފެއް ނުވާކަމަށެވެ.
އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކުން ނޭޓޯގެ ތެރޭގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، ރަޝިޔާގެ ހަނގުރާމައިގެ މަސައްކަތުގައި އުތުރު ކޮރެއާގެ ދައުރުގެ އަސަރުތައް ދެނެގަތުމަށް މަޝްވަރާތައް ރާވާފައިވާއިރު ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ނޭޓޯގެ ބައެއް ވަޒީރުން ވަނީ ޔުކްރޭނުގެ ބިމުގައި ކުރީ ސަފުގައި ތިބެ ނޭޓޯއިން ހަނގުރާމަ ކުރުމަށެވެ. ނަމަވެސް ފުރާންސުން އަދި މިކަމާއި ދެކޮޅު ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ނޭޓޯގެ ވަކި ޚާރިޖީ ވަޒީރަކު ނުވަތަ އޮފިޝަލަކު ރަޝިޔާއާ ދެކޮޅަށް ސީދާ ނޭޓޯގެ އަސްކަރީ ބައިވެރިވުމަށް އާންމުކޮށް ގޮވާލާފައި ނުވި ނަމަވެސް، އިއްތިހާދުގެ ލީޑަޝިޕުން ބަލަނީ އުތުރު ކޮރެއާގެ ބައިވެރިވުމުގެ ފުރުސަތު ނޭޓޯގެ އުސޫލާއި ސަރަހައްދީ ސަލާމަތީ ސްޓްރެޓެޖީ އަލުން ބައްޓަން ކުރެވިދާނެ ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ.
ނޭޓޯގެ ސިފައިން ޔުކްރެއިންގެ ހިމާޔަތުގައި ރަޝިޔާއާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަކޮށް ރަޝިޔާ ބަލިކުރުމަށް ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ކަމަށް ބުނެ ރިޕޯޓުކޮށްފައި ވަނީ ނޯތު ކޮރެއާގެ ސިފައިން ޔުކްރެއިންއަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވުމާ ގުޅިގެންނެވެ. ޒެލެންސްކީ ތުހުމަތުކުރައްވާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނޯތު ކޮރެއާގެ ސިފައިން ހަނގުރާމައިގެ ތެރެއަށް ރަސްމީކޮށް ވަދެގަންނާނެއެވެ.
ހުޅަނގުގެ ގައުމުތަކުގެ އޮފިޝަލުން ވަނީ މިކަމާ ދެކޮޅަށް އިންޒާރުދީ، މިކަމުގެ ސަބަބުން ތިން އަހަރާ ގާތަށް ދިގުދެމިފައިވާ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަހައްދާ ހަމައަށްވެސް އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް އޮފީހުގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވެފައިވަނީ ޖަޕާނާއި ސައުތު ކޮރެއާގެ އެންމެ އިސް ސެކިއުރިޓީ އޮފިޝަލުން ވަނީ އެމެރިކާއާ ބައްދަލުކޮށް، ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހިއްސާކޮށްފައި ކަމަށެވެ. މައިގަނޑު ކަންބޮޑުވުމަކީ ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ނޯތު ކޮރެއާގެ ސިފައިން ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަހަލަ ރިޕޯޓުތައް އައިކަމުގައިވިޔަސް، ފާޅުގައި ނޭޓޯއިން ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ދުރުކަމެކެވެ. އޭގެ ބަދަލުގައި ނޭޓޯއިން ކަންތައްތައް ކުރާނެ ގޮތަކީ ޔުކްރެއިނަށް އިތުރު ފައިސާއާއި ހަތިޔާރު ދިނުމެވެ.