Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަސްޓް ލޭޑީ ސާޖިދާ ދާރުއްސަލާމަށް ވަޑައިގެންފި

ފަސްޓް ލޭޑީ ސާޖިދާ ދާރުއްސަލާމަށް ވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
680 ދުވަސް ކުރިން - 29 އޮކްޓޫބަރު 2024 09:38
ފަސްޓް ލޭޑީ ސާޖިދާ ޓެންޒެނިޔާއަށް ވަޑައިގަތުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ފަސްޓް ލޭޑީ ސާޖިދާ ޓެންޒެނިޔާއަށް ވަޑައިގަތުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަޤުރީރެއް ދެއްވުމާއި، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުން ހިމެނޭ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޓެންޒެނިޔާގެ ދާރުއްސަލާމަށް ވަޑައިގެންފިއެވެ.

ދާރުއްސަލާމްގެ ޖޫލިޔަސް ނިޔެރޭރޭ ބައިނަލްއަޤުވާމީ ވައިގެބަނދަރަށް ޤައުމުގެ ފަސްޓް ލޭޑީ ވަޑައިގަތުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ ޓެންޒޭނިޔާގެ މިނިސްޓަރ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޖެންޑަރ، ވިމެން އެންޑް ސްޕެޝަލް ގްރޫޕްސް، އޮނަރަބަލް ރިޒީކީ ޖޫމާއެވެ.

މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަޤުރީރެއް ދެއްވުމާއި، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުން ހިމެނެއެވެ.

Advertisement

Advertisement 1

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ އަކީ އަހަރަކު އެއްފަހަރު ބޭއްވޭ މުހިންމު ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ސިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާރިސުން އެއްތަނަކަށް އެއްވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުން ފަދަ މުހިންމު މައުޟޫޢުތަކަށް މަޝްވަރާކުރެއެވެ.

މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކުން، އަންހެނުންގެ ޙައްޤުތަކާއި ޞިއްޙަތާ ގުޅޭ މުހިންމު މައުޟޫޢުތަކަށް އަލިއަޅުވާލެވި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރެވިގެންދާނެ ކަމަށް ފާހަގަކުރެވެެއެވެ.

މެޑަމް ސާޖިދާ މުހައްމަދުރައީސް އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

12 ދުވަސް ކުރިން - 11:00

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

80 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

87 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

123 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

127 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

129 ދުވަސް ކުރިން - 16:02