ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިމިއްޖެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހުޅުމާލޭ ފޭސް 2 އިން ގޯތި ލިބުނު ހުރިހާ ފަރާތަކަށް ގޯތި ހަވާލުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެޗްޑީސީން ބުނީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކުރެވުނު މަސައްކަތުން މިހާރު ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. މިގޮތުން ޖުމްލަ 1407 ގޯތި މިހާރުވަނީ ގޯތީގެ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ 3 ވަނަ ފިޔަވަހިންވެސް ބިން ދޫކުރުމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އޭރު 699 ގޯތި ދޫކުރީ މޫދުންނެވެ. އެހެންކަމުން، ފޭސް 3 ހިއްކައިގެން ގޯތި ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ވަނީ ނިމިފައި. pic.twitter.com/JOP8ZuWACM
— Ministry of Housing, Land and Urban Development (@MHLUDmv)ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ވަނީ ނިމިފައި. pic.twitter.com/JOP8ZuWACM

— Ministry of Housing, Land and Urban Development (@MHLUDmv)
?ref_src=twsrc%5Etfw">October 28, 2024
?ref_src=twsrc%5Etfw">October 28, 2024 ?s=46&t=qBH8N2hf_swrtzxm7jexWw">ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ވަނީ ނިމިފައި. pic.twitter.com/JOP8ZuWACM
— Ministry of Housing, Land and Urban Development (@MHLUDmv)ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ވަނީ ނިމިފައި. pic.twitter.com/JOP8ZuWACM
— Ministry of Housing, Land and Urban Development (@MHLUDmv)ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް މިއަދު ވަނީ ނިމިފައި. pic.twitter.com/JOP8ZuWACM
— Ministry of Housing, Land and Urban Development (@MHLUDmv)
?ref_src=twsrc%5Etfw">October 28, 2024
?ref_src=twsrc%5Etfw">October 28, 2024
?s=46&t=qBH8N2hf_swrtzxm7jexWw
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެފައިވަނީ، 3 ވަނަ ފިޔަވަހި ހިއްކައިގެން ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
ހުޅުމާލޭގެ އިތުރުން ގިރާވަރުފަޅުންވެސް 5000 އަށްވުރެ ގިނަ ގޯތި ކުރީ ސަރުކާރުންވަނީ ދީފައެވެ. އެއާއެކު ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ސަރުކާރުންވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އެގޮތުން ހެނދުނު 9 އިން ފެށިގެން އެކި ގަޑިތަކަށް ބަހާލައިގެން ގުރުއަތުލުން ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ގުރުއަތުލުން ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.