Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިދޭސީއަކު ބަރަހަނާކޮށް، ކަރުގައި ވަޅި ޖައްސައިގެން ފައިސާ ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ބިދޭސީއަކު ބަރަހަނާކޮށް، ކަރުގައި ވަޅި ޖައްސައިގެން ފައިސާ ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
684 ދުވަސް ކުރިން - 25 އޮކްޓޫބަރު 2024 16:38
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޚުލާސާ

ބިދޭސީއަކު ބަރަހަނާކޮށް، ކަރުގައި ވަޅި ޖައްސައިގެން ފައިސާ ފޭރުނު މައްސަލާގައި ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެއް. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި.

މާލޭގައި ބިދޭސީއަކު ބަރަހަނާކުރުމަށްފަހު، ކަރުގައި ވަޅި ޖައްސައިގެން ފައިސާތަކެއް ފޭރުނު ކަމަށް ބުނާ މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެއް ކަމަށް ފުހުން ބުންޏެވެ. މި މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ވައްކަމާއި ފޭރުމުގެ ރެކޯޑްތަކެއް އޮތް މި މީހާ އާއި އިތުރު މީހަކު އެކަމުގައި ޝާމިލް ވެއެވެ.

Advertisement

Advertisement 1

ފުލުހުންނަށް ބުނިގޮތުގައި، ދެމީހަކު ވެގެން ބިދޭސީ މީހާ ގެއަކަށް ވައްދައި، އަތާއި ފައި ބަނދެ، އޭނާ ބަރަހަނާކޮށް ކަރުގައި ވަޅި ޖެއްސުމަށްފަހު ފޭރިގެންފައިވެއެވެ. ފޭރިގަތް މީހުން ގެންގޮސްފައިވަނީ ބިދޭސީ މީހާގެ ޖީބުގައި އޮތް ވޮލެޓް ކަމަށާއި، އޭގައި 10،600 ރުފިޔާގެ ނަގުދު ފައިސާއާއި، ކާޑުތަކާއި އެހެނިހެން ލިޔެކިޔުންތައް ހުރި ކަމަށް ބިދޭސީ މީހާ ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

ފޭރުމުގެ ތެރޭގައި ބިދޭސީ މީހާއަށް އަނިޔާތަކެއް ވެސް ލިބިފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އޭނާގެ ދެފަރާތު ކޮނޑުހުޅު ދުޅަވެ، ރަތްވެފައިވާ ކަމަށާއި އަދި ކަރުގައި އަނިޔާގެ ނިޝާންތައް ހުރިކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް މާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނެވެ. ފިހާރައެއް ކައިރީގައި އޭނާ މަޑުކޮށްގެން ހުއްޓާ ފުލުހުން ގޮސް ބަލައިފާސްކުރުމުން، އޭނާގެ ޖީބުން ފެނުނީ 820 ރުފިޔާ ކަމަށާއި އެ ފައިސާއަކީ އޭނާގެ އަމިއްލަ ފައިސާ ކަމަށް އޭނާ ބުނެފައިވާއިރު، އެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކުށްކުރުންފޭރުން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%