Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
673 ދުވަސް ކުރިން - 25 އޮކްޓޫބަރު 2024 13:23
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން، ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން، ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ނައިބުރައީސް ޙުސައިން ލަޠީފާއެކު މިއަދު އޮތް ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ސަމޯއާގައި ބޭއްވުނު ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދިވެހިރާއްޖެ ތަމްސީލުކުރައްވައިފިއެވެ.

މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. ނައިބު ރައީސްގެ އަރިހުގައި ރާއްޖޭގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލް، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުالله ރާފިޢު އަދި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ.

މި ރަސްމިއްޔާތުގައި ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ ވަނީ ކޮމަންވެލްތު ބައްދަލުވުމަށް ވަޑައިގެންނެވި މަންދޫބުންނަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ނައިބު ރައީސް ވަނީ 2024 ވަނަ އަހަރުގެ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ ޢާއިލީ ފޮޓޯގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement 1

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރުން އެއްއަހަރުއެވެ. މިއަހަރަކީ ޕެސިފިކް ސަރަޙައްދުގެ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް)ގެ ޤައުމެއްގައި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގެ ޝިޢާރަކީ "ވަން ރެސިލިއަންޓް ކޮމަން ފިއުޗާ: ޓްރާންސްފޯމިން އަވާ ކޮމަންވެލްތު" އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްކޮމަންވެލްތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

27 ދުވަސް ކުރިން - 04:15

ފަރެސްމާތޮޑާ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާގެ 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

154 ދުވަސް ކުރިން - 22:15

މަޑަވެލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެލީގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިފި

154 ދުވަސް ކުރިން - 21:01

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

163 ދުވަސް ކުރިން - 22:18

ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރަންޖެހޭ: ރައީސް

ގޮންޖެހުންތަކުން އަރައިގަތުމަށް ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރަންޖެހޭ: ރައީސް

172 ދުވަސް ކުރިން - 11:04

ވީއައިއޭގެ ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

"ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ބޮޑުކުރިއެރުމެއް"

192 ދުވަސް ކުރިން - 13:47