މެދުއިރުމަތީގެ މައްސަލައިގައި ރަޝިއާ ތުރްކިޔޭއާއެކު މަޝްވަރާކޮށްފިއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ބޭއްވި ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ އިސްރާއީލަށް ބައެއް ގައުމުތަކުން ޝަރުތުތަކާ ނުލައި ހަތިޔާރާއި ވަޒަން ފޯރުކޮށްދޭ ކަމަށާއި އެކަމުގެ ސަބަބުން ޓެލް އަވީވް އަށް ފަލަސްޠީނުގެ އެތައް ހާސް ކުޑަކުދިންނާއި އަންހެނުން މަރައި
ޖަރީމާތައް ހިންގުމަށް ހިތްވަރު ލިބޭ ކަމަށާއި އަދި މެދުނުކެނޑި ހަތިޔާޜުތައް ދިނުމުގެ ސަބަބުން ލުބުނާނާއި މެދުއިރުމަތީގެ އިތުރު ޤައުމުތަކަށް ވެސް ޙަމަލާ ދިނުމަށް އެހީތެރިވެދޭ ކަމަށެވެ.
މި ބައްދަލުވުމުގައި އިސްރާއީލުން މި ސަރަހައްދުގައި ދޭ ހަމަލާތައް އިތުރުވުމާއި، ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގައި ހިނގަމުންދާ ކަންކަމާއި، ތުރްކިއޭއާއި ރަޝިޔާއާ ދެމެދު އޮތް ގުޅުމުގެ އިތުރުން ދުނިޔޭގެ އަދި ސަރަހައްދީ މައްސަލަތަކަށް އަލިއަޅުވާލާފައިވާ ކަމަށް އަންކާރާއިން ބުނެއެވެ.
އެރްދޮޣާން ވިދާޅުވީ ފަލަސްޠީނާއި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތަކުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި މެދުއިރުމައްޗަށް އެކަނި ނޫން ކަމަށާއި ދުނިޔޭގެ ސަލާމަތަށް ވެސް ނުރައްކާވެފައިވާ ކަމަށެވެ.
އެރްދޮޣާން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި ބޭތިއްބުމާއި ދެކޮޅަށް ތެދުވުމަކީ "އިންސާނީ ވާޖިބެއް" ކަމަށެވެ.
އަންކާރާއިން ނެރުނު ރިޕޯޓުގައި. ސީރިއާއާ ގުޅޭ ގޮތުން ތުރްކިއޭ އާއި ރަޝިޔާއާ ދެމެދު އޮންނަ ގާތް ކޯޑިނޭޝަންގެ ސަބަބުން އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ފައިދާ ކުރާކަން ރައީސް އުރުދުޣާން ފާހަގަކުރެއްވި ކަމަށް ވެއެވެ.
އަދި ސީރިއާގެ ސަރަޙައްދީ އެއްބައިވަންތަކަމަށް ބުރޫއަރާ މަސައްކަތްތަކާއި ދެކޮޅުހެދުމުގެ ގޮތުން ހުރިހާ ޓެރަރިސްޓް ޖަމިއްޔާތަކާއި، ޚާއްސަކޮށް ޕީކޭކޭ/ވައިޕީޖީ ޓެރަރިސްޓް ގްރޫޕާ ދެކޮޅަށް އަންކާރާއިން ކުރާ މަސައްކަތުގައި ދެމިއޮންނާނެ ކަމަށް އެރްދޮޣާން ތަކުރާރު ކުރެއްވިއެވެ.









