Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް އެކައުންޓަންޓުންގެ ދައުރު މުހިންމު: ޝިމާދު

ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް އެކައުންޓަންޓުންގެ ދައުރު މުހިންމު: ޝިމާދު

އައިޝަތު ރުވާ ރިފްޢަތު
640 ދުވަސް ކުރިން - 23 އޮކްޓޫބަރު 2024 22:30
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް / ފޮޓޯ: ދަ އެޑިޝަން
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް / ފޮޓޯ: ދަ އެޑިޝަން
ޚުލާސާ

ރާއްޖޭގެ ކުންފުނިތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެކައުންޓަންޓުން އިސްނަގައިގެން މަސައްކަތްކުރުމަށް ޝިމާދު ގޮވާލެއްވި.

ރާއްޖޭގެ އިޤްތިސާދު ބިނާކޮށް، ކުރިއެރުވުމުގައި އެކައުންޓަންޓުންގެ ދައުރު ވަރަށް މުހިންމު ކަމަށް ސްޓޭޓު ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ އެކި ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

ޝިމާދު ވިދާޅުވީ އެކައުންޓަންޓުންނަކީ އިޤްތިސާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ރާއްޖޭގެ ކުންފުނިތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެކައުންޓަންޓުން އިސްނަގައިގެން މަސައްކަތްކުރުމަށް ޝިމާދު ގޮވާލެއްވިއެވެ.

Advertisement

Advertisement 1

"2022 އަދި 2023ވަނަ އަހަރުގެ ފައިނޭންޝިއަލް ސްޓޭޓުމަންޓު ނުނިންމާ އެސްއޯއީތަކަށް ސީއޭ މޯލްޑިވްސްއިން އެހީތެރިވާންޖެހޭ." ޝިމާދު ވިދާޅުވިއެވެ.

"ބައެއް ކުންފުނިތައް އެބަހުރި، އޮޑިޓު ރިޕޯޓުތައް ހުށަހަޅާއިރު، ޑިސްކްލެއިމަރ، ކޮލިފިކޭޝަނާއި ހަމައަށްވެސް ނުފޯރާ ކުންފުނިތައް، އަޅުގަނޑުމެން ފަރާތުން ދެވޭނެ އެހީތެރިކަން ފާހަގަކޮށް، ޕީސީބީ އާއި ގުޅިގެން ހިނގާށޭ އެހީވާން." ޝިމާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުޔާތުގައި ސީއޭ މޯލްޑިވްސްގެ ސީއީއޯ ޑރ. މުޙައްމަދު މާހިދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގައި އެކައުންޓަންޓުންނަކީ މުހިންމު ބައެއް ކަމަށާއި އެ ދާއިރާއަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިކޮނޮމީ ދިވެހިރާއްޖެ ތަރައްޤީ، ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރާނެ ބައެއް މިއަދު މި ހޯލުގައި މިތިބީ." މާހިދު ވިދާޅުވިއެވެ.

ސީއޭ މޯލްޑިވްސްގެ 11 ކޮމިޓީއަކަށް 84 މެމްބަރުން މި ރަސްމިއްޔާތުގައި އައްޔަންކޮށްފައިވާއިރު، މިއާއެކު ރާއްޖޭގެ އެކައުންޓިންގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ސީއޭ މޯލްޑިވްސްއަކީ ރާއްޖޭގެ އެކައުންޓަންސީ ޕްރޮފެޝަނާގުޅޭ ކަންކަން، ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އުފައްދާފައިވާ މުއައްސަސާއެކެވެ.

މި ރަސްމިއްޔާތުގައި އައްޔަންކުރެވުނު 84 މެމްބަރުންގެ ތެރޭގައި އެކައުންޓިންގ ދާއިރާގެ ތަޖުރިބާކާރުންނާއި، ޕްރޮފެޝަނަލުން ހިމެނޭކަމަށް ސީއޭ މޯލްޑިވްސްއިން މަޢުލޫމާތު ދެއެވެ. މި މެމްބަރުން 11 ކޮމިޓީއެއްގައި މަސައްކަތްކުރާނެ ކަމަށާއި، މި ކޮމިޓީތަކުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ސްޓޭންޑަރޑްސް އެންޑް ރެގިއުލޭޝަންސް، އަދި އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީތައް ހިމެނޭކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.

މި ރަސްމިއްޔާތަކީ ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ތާރީޚުގައި މުހިންމު ހަރުފަތެއް ކަމުގައި ބެލެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާގެ ހަރުދަނާކަން އިތުރުވެ، ވިޔަފާރިތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ ފެންވަރު މަތިވެ، އަދި ޖުމްލަ ގޮތެއްގައި ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.

ޝިމާދު އިބްރާހިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ހެޔޮއަގުގައި ވިއްކަން ފަށައިފި

އެސްޓީއޯއިން އަސާސީ 23 ބާވަތެއްގެ ކާބޯތަކެތި ބާޒާރަށް!

284 ދުވަސް ކުރިން - 17:33

ބަންކަރިންގ ޚިދުމަތުން 124 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިއްޖެ: އެސްޓީއޯ

ބަންކަރިންގ ޚިދުމަތުން 124 މިލިޔަން ރުފިޔާ ލިބިއްޖެ

434 ދުވަސް ކުރިން - 10:46

ރާއްޖޭގައި އާންމު ބޭސްތައް އުނދަގުލަކާއި ނުލައި ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފި

ރާއްޖޭގައި އާންމު ބޭސްތައް ލިބޭނެކަމަށް އެސްޓީއޯއިން ކަށަވަރުކޮށްފި

532 ދުވަސް ކުރިން - 15:13

ރާއްޖެ ސަރަޙައްދުގައި ބޭރުގެ އުޅަނދުތަކުން ހުއްދަނެތި ބަންކަރިންގެ ޚިދުމަތް ދިނުން ހުއްޓުވަން ޖެހޭ - ޝިމާދު

"ބޭރުގެ ވެސެލްތަކުން ދޭ ބަންކަރިން ހުއްޓުވަން ޖެހޭ"

598 ދުވަސް ކުރިން - 02:31

އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައިފި

އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައިފި

608 ދުވަސް ކުރިން - 13:21

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ހުއްޓިފައި ނުވާކަމަށް ޝިމާދު ވިދާޅުވެއްޖެ

ބަންކަރިން ހިދުމަތް ހުއްޓިފައި ނުވާކަމަށް ޝިމާދު ވިދާޅުވެއްޖެ

623 ދުވަސް ކުރިން - 22:45