Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު އިޙްސާން ވިދާޅުވެއްޖެ

މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު އިޙްސާން ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
687 ދުވަސް ކުރިން - 22 އޮކްޓޫބަރު 2024 22:13
ވަޒީރު އިހްސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ވަޒީރު އިހްސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ޚުލާސާ

މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ތައްޔާރުކުރުމަށްޓަކައި ބަލަންޖެހޭ ހުރިހާ މިންގަނޑުތަކެއް ބަލާފައިވާ ކަމަށާއި މިހާރު ދެން އޮތީ ތަންފީޛީ މަރުޙަލާ ކަމަށް ވަޒީރު ވިދާޅުވި.

މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވުންނެވެ. މި ވަގުތު ދެ މީހަކަށް މަރުގެ ޙުކުމް ތަންފީޛު ކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު ހުރިހާ ކަންތައްތަކެއް ނިމި، އަޅުގަނޑު ހަނދާންވާ ގޮތުން ނަމަ، ސުވާލު ނުއުފެދޭ މިންވަރަށް ދެމީހެއްގެ މައްސަލަ އެބަ އުޅޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޛު ކުރުމަށްޓަކައި ބަލަންޖެހޭ ހުރިހާ މިންގަނޑުތަކެއް ބަލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކޯޓުގެ ހުރިހާ މަރުޙަލާއެއް ނިންމާ، އިޔާދަ ނުކުރެވޭ އަދަބެއްގެ ގޮތުގައި މަރުގެ ޙުކުމް ކަނޑައެޅިފައިވާކަން ކަށަވަރު ކުރުން ހިމެނެއެވެ.

Advertisement

Advertisement 1

މިހާރު ދެން އޮތީ ތަންފީޛީ މަރުޙަލާ ކަމަށާއި، އެއަށް ހަދަންޖެހޭ އުޞޫލުތަކާއި ޤަވާޢިދުތައް ހަދައި، ތަން ތައްޔާރުކޮށް، މީހުންވެސް ތަމްރީނު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިމޭހާ އަވަހަކަށް، މަރުގެ ޙުކުމް ތަންފީޛު ކުރާނެ ކަމަށްވެސް އޭނާ ޔަޤީންކަން ދެއްވިއެވެ.

ރާއްޖެއަކީ އިސްލާމީ ޤައުމެއްކަމާއި، ރާއްޖޭގައި ކަނޑައެޅޭ ޙުކުމްތައް އިސްލާމް ދީނުގައި އޮންނަ ގޮތަށް ތަންފީޛު ކުރާނެ ކަން ރާއްޖޭގެ ހިއުމަން ރައިޓްސް ރިވިއުގައި ވެސް އަންގާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްރެއްވިއެވެ.

މިއީ މީގެ ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތް ކޮށްފައިވާ ކަމެއް ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކަށް މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ކާމިޔާބުވެފައެއް ނުވެއެވެ. މިވަގުތު ރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ ފަސް މީހުން ތިބީ މުޅި އުމުރަށް ޖަލުގައި ބަންދުކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ޤިޞާޞް ހިފުން ރާއްޖޭގެ ޤާނޫނު އަސާސީގައި އޮތީ ތަންފީޛު ކުރުމަށް ހުރަސް އެޅޭގޮތަށް ކަމަށްބުނެ، އެ ހުރަސް ކުރިމަތިވާ މާއްދާ ސުޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. މިކަމާއި ގުޅިގެން މަރުގެ ޙުކުމް ތަންފީޛު ކުރުމަށް އިތުރު ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައީސް އޮފީސްމަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

3 ދުވަސް ކުރިން - 23:52