ތިލަދުންމަތީ އުތުރުބުރީ (ހއ) ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ނިންމައިފިއެވެ.
ޒޫމް މެދުވެރިކޮށް މިކަމާގުޅޭ މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ބައެއް މީޑިއާތަކާއި ކައުންސިލުން ވެސް ބައިވެރިވިއިރު، ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވެސް ވަނީ ބައިވެރިވެފައެވެ.
އިކޯ ޓޫރިޒަމް ތަޢާރަފުކުރުމުގެ ގޮތުން އެރަށުގައު ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓުގެ ބިމެކެވެ. އެތަނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވިސްނާފައިވާއިރު، އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލިއެވެ.
މިއަދު ބޭއްވި ބަައްދަލުވުމުގައި، މި ބީލަން ހުޅުވާލީ މިއަދުން ފެށިގެން ހަތް ދުވަހަށެވެ. ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބޭއްވޭނެ ކަމަށާއި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 04 ޑިސެމްބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.









