ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) އެކެޑަމީއާއި މެރިންޓައިމް ޓްރެއިނިންގ އިންސްޓިއުޓް އާ ދެމެދު މިއަދު ފަހުމުނާމާ އެއްގައި ސޮއި ކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން ދެފަރާތް ގުޅިގެން ތަމްރީން ޕްރޮގްރާމްތަކާއި ތަމްރީން ތަކަށް ބޭނުންވާ އެއްބާރުލުން ދެފަރާތް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެމްކޯއިން ބުންޏެވެ.
ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) އެކެޑަމީއާއި މެރިންޓައިމް ޓްރެއިނިންގ އިންސްޓިއުޓް އާ ދެމެދު ފަހުމުނާމާގައި ސޮއި ކުރުމުގެ ތެރެއިން / ފޮޓޯ:ވެމްކޯ
ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، މިކަމުގެ ސަބަބުން ވެމްކޯގެ މުވައްޒަފުންގެ ޤާބިލްކަން އިތުރަށް ތަރައްޤިވުމުގެ އިތުރުން ވެމްކޯއިން ދެމުންދާ ޚިދުމްތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުވާނެ ކަމަށާއި، ވެމްކޯގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މިއީ މުހިއްމު ފަހުމުނާމާއެކެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ، އުތުރުމެރިޓައިމް ޚިދުމަތުގެ ތެރެއިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ ބޯޓުތަކަށް ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ދިނުމަށް ވެސް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އަދި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދަށުން އުތުރުގެ މެރިޓައިމް ޚިދުމަތްތައް ހޯދަން އަންނަ ބޯޓުފަހަރުތަކަށް ކުނި އުކައި ދިނުމުގެ ޚިދުމަތް އެމްޕީއެލްއިން ވެމްކޯއާއި ގުޅިގެން ފޯރުކޮށްދޭނެއެވެ.
މްކޯ ހުޅުމާލެ އައު އޮފީސް ރަސްމީކޮށް ބޭނުން ކުރަން މިހާރު ވަނީ ފަށާފައިކަން ވެސް ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ވެމްކޯގެ އޮޕަރޭޝަންތަކަށް ކުރިން ކުރިމަތިވި ދަތިތަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ވެމްކޯ ހުޅުމާލެ އައު އޮފީސް ރަސްމީކޮށް ބޭނުން ކުރަން ފެށުމަށް އިއްޔެރޭ ބޭއްވި ހަފްލާގެ ތެރެއިން. އޮފީސް ހުޅުވައިދެއްވީ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް / ފޮޓޯ:ވެމްކޯ









