އިންޑިއާގެ މަޝްހޫރު ތަރި ހީނާ ހާން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.
ހީނާ އިއްޔެ ރާއްޖެ އައިސްފައިވާއިރު، އޭނާ ރާއްޖެ އައިކަމުގެ ފޮޓޯތައް އޭނާ ވަނީ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ޙިއްސާކޮށްފައެވެ.
މިއީ އުރަމަތީގެ ކެންސަރު ޖެހުނު ފަހުން ހީނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ހީނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސިޔާމް ވޯލްޑް ގައެވެ. މި ރިސޯޓަކީ ބޮލީވުޑް ތަރިންގެ މެދުގައި ވަރަށް މަޝްހޫރު ރިސޯޓެއްކަން ފާހަގަކޮށްލެވެއެވެ.
މި ރިސޯޓާ ގުޅޭ ގޮތުން ހީނާވެސް ބުނެފައިވަނީ އޭނާ މިވަގުތު ހުރި ސިޔާމް ވޯލްޑް ރިސޯޓަކީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓު ކަމަށާއި އެ ރިސޯޓުގައި އެމީހުންނަށް ވަކިން ޚާއްސަ ޕްރައިވެޓް ރައިޑްތައްވެސް ލިބެން ހުންނަ ކަމަށެވެ.
ހީނާ އަކީ ޗުއްޓީ ހޭދަކުރުމަށް ވަރަށް ގިނައިން ރާއްޖެ އަންނަ ފަންނާނެކެވެ. އާންމުކޮށް އޭނަ ރާއްޖެ އަންނަނީ އޭނާގެ ލޯބިވެރިޔާއާއި އާއިލާއާ އެކުގައެވެ.









