ގެސްޓުހައުސްތައް ގިނަ ހުޅުމާލޭގައި ޑައިވް ސެންޓަރެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކާ އޮތް ބަޔަކަށް އެކަމަށް ކުރިމަތި ނުލެވޭނެ ކަމަށާއި، އެ މަސައްކަތް ހަވާލުކުރުމުގައި ކުންފުނީގެ ތަޖުރިބާއާއި ފައިނޭންސްގެ ކަންކަމަށް ވެސް ބަލާނެ ކަމަށެވެ.
މިހާރުވެސް ވޯޓާ ސްޕޯޓްސް ސެންޓަރުތައް ހުންނަ ހުޅުމާލޭގައި ޑައިވް ސެންޓަރެއް ހިންގުމަށް ހުއްދަ ދެވޭނީ އެޗްޑީސީގެ ތަސައްވަރާ އެންމެ ބޮޑަށް ގުޅޭ ގޮތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށާއި، ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.








