Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީސީއަށް ހަސީބު އައްޔަން ކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

އީސީއަށް ހަސީބު އައްޔަން ކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

އާނާ ފަހީމް
605 ދުވަސް ކުރިން - 14 އޮކްޓޫބަރު 2024 13:02
އަބްދުލް ހަސީބު އިސްމާއިލް ފޮޓޯ؛ ފޭސްބުކް/ހަސީބު އިސްމާއިލް
އަބްދުލް ހަސީބު އިސްމާއިލް ފޮޓޯ؛ ފޭސްބުކް/ހަސީބު އިސްމާއިލް
ޚުލާސާ

އިލެކްޝަންސް ކޮމިޝަނަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބު އިސްމާއިލް އައްޔަން ކުރުމަށް ރައީސް މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި.

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އައު މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވާފައެވެ. މި މަޤާމަށް ރައީސް ހުށަހަޅުއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބު އިސްމާއިލްގެ ނަމެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް ފުއާދު ތައުފީގުގެ ދައުރު އަންނަ ނޮވެމްބަރު 24 ވަނަ ދުވަހު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވުނު ކަމަށެވެ. އަދި އެ މުއްދަތުގައި މަޤާމަށް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން އީސީއަށް އައްޔަން ކުރުމަށް އެންމެ އެކަށީގެންވާ ފަރާތަކީ ހަސީބު ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ސިޓީގައި ފާހަގަކުރައްވާފައެވެ.

މި މައްސަލަ ބެލުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement

Advertisement 1

ހަސީބަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2019 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރެވުނު ފަރާތެކެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)
Ad
Ad

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

5 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

8 ދުވަސް ކުރިން - 18:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

17 ދުވަސް ކުރިން - 14:14

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

31 ދުވަސް ކުރިން - 16:41

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%