ޔުއެފާ ނޭޝަންސް ލީގުގައި ރޭ ރިޕަބްލިކް އޮފް އަޔަލޭންޑް އަތުން 2-0 ގެ ނަތީޖާއަކުން ގްރީސް މޮޅުވެ، އިންގްލެންޑުވެސް ހިމެނޭ އެ ގްރޫޕްގެ އެއްވަނައިގެ ޖާގަ ކަށަވަރުކޮށްފިއެވެ. ދެ ޓީމު ވެސް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެން ދިޔަ ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ގްރީސްގެ ކެޕްޓަން ޓަސޯސް ބަކަސެޓާސް ވަނީ ގޯލް ހުޅުވާލާފައެވެ. އަޔަލޭންޑަށް ރައްދު ދިނުމަށް އުނދަގޫތަކެއް ކުރިމަތިވިއިރު، އިތުރު ވަގުތުގައި ހެދުނު ގޯހެއްގެ ސަބަބުން ގްރީސްގެ މަންޓަލޯސްއަށް ދެވަނަ ގޯލު ޖަހަން ފުރުސަތު ލިބި ލީބު ފުޅާކޮށްލެވުނެވެ

މި މޮޅާއެކު ގްރީސް ވަނީ އެޓީމު މޮޅުވަމުން އައި ފުރިހަމަ ރެކޯޑް ދަމަހައްޓައި، ގްރޫޕްގެ އެއްވަނައިގައި ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިފަ އެވެ. އެއާ ހިލާފަށް އަޔަލޭންޑަށް ރެލިގޭޝަނާއި ކުރިމަތިލުމުގެ ނުރައްކާ އޮތީ، ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފަ އެވެ. ގްރޫޕްގައި ދެ މެޗު ބާކީ އޮތްއިރު، ޕްލޭއޮފް އިން ސަލާމަތްވުމަށް އަޔަލޭންޑުން ނަތީޖާ ނެރެން އެބަ ޖެހެއެވެ. 

އަޔަރލޭންޑަށް ދެން އޮތީ އަންނަ މަހުގެ 14ވަނަ ދުވަހު ފިންލޭންޑާއި ދެކޮޅަށް ކުޅެންޖެހޭ މެޗާއި 17ވަނަ ދުވަހު އިނގިރޭސީންނާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.