ރޭ ކުޅުނު ނޭޝަންސް ލީގުގައި ފިންލޭންޑް އަތުން 1-3 އިން އިންގްލެންޑު މޮޅުވެއްޖެއެވެ.
އިންގްލެންޑުން މޮޅުވީ ޓްރެންޓް އެލެގްޒެންޑަރއާނަލްޑްގެ މޮޅު ކުޅުމުންކަން ފާހަގަ ކުރެވެއެވެ. އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނުމި މެޗުގައި އެލެގްޒެންޑަރ އާނަލްޑް ޖެހި ހިލޭ ޖެހުމަކުން 74 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖެހިއިރު އޭގެކުރިން ގްރީލިޝް ވަނީ 18ވަނަ މިނެޓުގައި ގޯލް ހުޅުވާލާފައެވެ. އިންގްލަންޑްގެ ތިންވަނަ ގޯލު ޑެކްލަން ރައިސް ޖެހީ އާނަލްޑުގެ ގޯލު ޖެހިތާ ދިހަވަނަޔަށްވީ މިނެޓުގައެވެ.
ރޭގެ މޮޅާއެކު އަދިވެސް އިންގްލަންޑު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި ގްރީސް އޮތީ އިންގްލެންޑަށްވުރެ ތިން ޕޮއިންޓު އިތުރުވުމަކާއެކު 12 ޕޮއިންޓުގައެވެ. އިންގްލަންޑަށް ގެއްލުނު ތިން ޕޮއިންޓަކީ ގްރީސް އަތުން ބަލިވުމެވެ.
ދަނޑުން ބޭރުގައި ފޯކަސް އަދިވެސް އޮތީ ވަގުތީ ކޯޗު ލީ ކާސްލީއަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކާސްލީ ވަގުތީ މަގާމަކަށް ޝައުގުވެރި ނުވެދާނެއެވެ.
އެފްއޭ އިން ދާއިމީ ކޯޗެއް ކަށަވަރު ނުކުރާއިރު، އަންނަ މަހު ގްރީސް އާއި އަޔަލޭންޑާ ދެކޮޅަށް ކުޅޭ މުހިންމު މެޗުތަކަށް އިންގްލެންޑުން ދަނީ ތައްޔާރުވަމުންނެވެ. އޮޅުން ބޮޅުން ބޮޑުވި ނަމަވެސް، ގްރީސް އަތުން ބަލިވުމަށްފަހު ރޭ އިންގްލަންޑުގެ ޓީމުން މޮޅު ކުޅުމެއް ދެއްކީ އަނިޔާގެ ސަބަބުން ސްކޮޑުން ވަކިވެ އާސެނަލްއާއި ގުޅުނު ބުކާޔޯ ސަކާ ވެސް ނެތިއެވެ.









