ހިޒްބުﷲގެ ހަމަލާއެއްގައި އިސްރާއީލުގެ 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އިސްރާއީލުގެ މެދުތެރޭގެ ބިންޔާމިނާ ކައިރީގައި އޮންނަ އިސްރާއީލުގެ ސިފައިންގެ މަރުކަޒަކަށް އަމާޒުކޮށް ހިޒްބުﷲއިން ދިން ހަމަލާގައި އިސްރާއީލުގެ ހަތަރު ސިފައިން ވެސް މަރުވެފައިވާ ކަމަށް އައިޑީއެފުން ކަށަވަރު ކުރެއެވެ.
އިސްރާއީލުން ދާދި ފަހުން ލުބުނާނަށް އަރައިގަތުމަށްފަހު ހިޒްބުالله އިން ދިން އެންމެ މަރުގެ ހަމަލާގެ ގޮތުގައި ސިފަކޮށްފައިވާ މި ހަމަލާއަކީ މީގެ ދުވަސްތަކެއް ކުރިން ބެއިރޫތަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ޑައިވަރޓް ކުރުމަށް ހިޒްބުالله އިން އެތައް މިސައިލްތަކެއް ފޮނުވާލިއިރު، އެގައުމުގެ ޑްރޯންތައް ވަދެ އެމީހުންގެ އަމާޒުގައި ޖެހުމުގެ ފުރުސަތު ލިބުނެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާއިން ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިއާ ޑިފެންސް (ޓަޑް) މިސައިލް ޑިފެންސް ސިސްޓަމެއް އިސްރާއީލަށް ފޮނުވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އަސްކަރީ ހަރަކާތްތައް އިތުރުވުމުން ކަންބޮޑުވުންތައް އުފެދި، ސަރަހައްދީ ނުރައްކާތަކުން އިސްރާއީލު ދިފާއު ކުރަން ޖެހޭ ކަމަށް އެމެރިކާގެ އޮފިޝަލުން ފާހަގަކުރާއިރު، އިސްރާއީލުގެ އަނިޔާވެރިކަން ދެމިއޮތް ނަމަ އިތުރު ހަމަލާތަކެއް ދޭނެ ކަމަށް އީރާނާއި ހިޒްބުالله އިން އިންޒާރު ދެއެވެ.









