އެމެރިކާއިން ވަނީ ލުބުނާނުގައި ހިޒްބުاللهގެ ބާރު ކުޑަކުރުމަށް އިސްރާއީލުން ކުރަމުންދާ އަސްކަރީ މަސައްކަތްތަކަށް ފާޅުގައި ތާއީދުކޮށް ސިޔާސަތު އިސްލާހުކޮށްފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވަނީ ހިޒްބުالله ބަލިކަށިވާންދެން އިސްރާއީލުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދޭނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ކުރިން އެމެރިކާ ބާރުއެޅި ކަންކަމާއި ދިމާ އިދިކޮޅެވެ. ކުރިން އެމެރިކާ ވަކާލާތުކުރީ ހަނގުރާމަ މެދުކަނޑައިލުމަށެވެ. ނަމަވެސް އިސްރާއީލުން އެކަމާއި ދެކޮޅުހަދައި މުސްލިމުން މަރަން ފެށީ ހިތުހުރި ތަނަކަށް ހަމަލާ ދެމުންނެވެ. އެއާއެކު އެމެރިކާގެ ސިޔާސަތު ބަަދަލުކޮށްލީ އިސްރާއީލުން ބޭނުންވާ ކަންތައްތައް ޙާޞިލް ކުރުމމަށް އިސްރާއީލަށް ފުރުޞަތު ދިނުމަށެވެ.
އެމެރިކާގެ އޮފިޝަލުން ދެކޭ ގޮތުގައި މިވަގުތު ލުބުނާނަށް ދެމުންދާ ހަމަލާ ތަކަކީ ކޮންމެހެން ވެސް ދޭންޖެހޭ ހަމަލާ ތަކެކެވެ.
އެމެރިކާއިން ބުނަނީ އިސްރާއީލުން ހަމަލާދެނީ ހިޒްބުﷲގެ ބާރު ކަނޑުވާލުމަށެވެ. އަދި މި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށާނީ ހިޒްބުالله ބަލިކަށި ކުރުމަށްފަހުގައި ކަމަށް އެމެރިކާއިން ބުންޏެވެ. މިހެން ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ އެވެ.








