ރޭ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑް އަތުން 3-1 އިން ހޯދި މޮޅާއެކު، ކުޅުނު 3 މެޗުން 9 ޕޮއިންޓު ހޯދައިގެން ރޮނާލްޑޯގެ ޕޯޗުގަލް ގުރޫޕް 1 ގައި ހަމަޖެހިލައިފިއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު އޭގެ 11 މިނެޓް ފަހުން ރޮނާލްޑޯ ލީޑު ފުޅާކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި ޖަހައިދިން ގޯލާއެކުގައެވެ. ޕޮލެންޑުން ނަތީޖާގެ ފަަރަގު ކުޑަކުރީ 78 ވަނަ މިނެޓުގައި ޕިއޯޓާ ޒިއެލިއަސްކީ ކާމިޔާބުކުރި ގޯލުންނެވެ. 88ވަނަ މިނެޓުގައި ޕޯޗުގަލްގެ ތިންވަނަ ގޯލު ޕޮލެންޑުގެ އަތުން ވަނީ ބައިކޮޅަށެވެ.

ސްކޮޓްލޭންޑް ކޮޅަށް ގޯލު ޖެހުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާ ފާޅުކުރަނީ. މިލަނޑަކީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 901 ވަނަ ލަނޑު
ކުުޅުނު ތިން މެޗުން މޮޅުވެ ޕޯޗުގަލް ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ރޭ 1-2 ލަނޑުން ސްކޮޓްލެންޑު ބަލިކުރި ކްރޮއޭޝިއާއެވެ. ރޭ ލިބުނު މޮޅާއެކު 3 މެޗުން ކްރޮއޭޝިއާ އަށް 6 ޕޮއިންޓު ލިބުނީއެވެ. ގުރޫޕް 1ވަނައިގައި އޮތް ޕޯޗުގަލާއި ދެވަނައިގައި އޮތް ކްރޮއޭޝިއާ ދެމެދު މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 18ވަނަ ދުވަހުގައެވެ. އޭގެ ކުރިން މާދަމާ ނޫން އަނެއް ދުވަހު ޕޯޗުގަލް ނުކުންނާނީ ސްކޮޓްލެންޑާއި ދެކޮޅަށެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ގުރޫޕް 4 ގައި ސްޕެއިނުން ވަނީ ޑެންމާކް ބަލިކޮށްފައެވެ. 1 ލަނޑު 0 ލަނޑުންނެވެ. ސްޕެއިނަށް ލަނޑު ޖަހައިދިނީ މިޑްފިލްޑަރު މާޓިން ޒުބިމެންޑީއެވެ. މިމޮޅާއެކު ސްޕެއިނަށް 3 މެޗުން 7 ޕޮއިންޓް ލިބުނުއިރު 6 ޕޮއިންޓާއެކު ދެވަނައި އޮތީ ޑެންމާކެވެ.









