އިޒްރޭލަށް މިސައިލް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން އިއްޔެ އީރާނުގެ ހަކަތަ ދާއިރާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ހުކުރު ދުވަހު އެމެރިކާއިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ލައިބީރިއާ، ހޮންކޮންގް އަދި އެހެނިހެން ގައުމުތަކާ ގުޅުން ހުރި ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މި ކުންފުނި ތަކަކީ އޭޝިއާގެ ބާޒާރުގައި ވެސް އީރާނުގެ ތެޔޮ ގަންނަ ފަރާތްތަކަށް އެ ތެޔޮ ސަޕްލައި ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ.
މީގެ އިތުރުން އީރާނުން ޕެޓްރޯލިއަމް އާއި ޕެޓްރޯލިއަމް އުފެއްދުންތައް ޝިޕްމަންޓްކޮށް ވިއްކުމުގެ އިންތިޒާމު ހަމަޖައްސައިދޭ ކަމަށް ބުނާ އިންޑިއާ، މެލޭޝިއާ އަދި ހޮންކޮންގުގައި ހުންނަ ކުންފުނިތަކުގެ ނެޓްވޯކަކަށް ވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
އެމެރިކާގެ ގާނޫނުގައި ވެސް އީރާނުގެ ހަކަތައާ ބެހޭ ދާއިރާ އާއި އީރާނުގެ ތެޔޮ ގަނެ ޝިޕްކުރާ ބޭރުގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ހުއްދަ ދީފައިވެ އެވެ. އެމެރިކާ ގަބޫލުކުރާ ގޮތުގައި އީރާނަކީ ތެޔޮ ވިއްކައިގެން އާމްދަނީ ހޯދުމުގެ ހައްގު އޮތް ގައުމެއް ނޫނެވެ. ތެޔޮ ވިއްކަން ޖެހޭނީ އެމެރިކާ ދެކޭ ގޮތުގައި އެމެރިކާއިން ބޭނުންވާ ގައުމުތަކުން އެކަންޏެވެ.
އެމެރިކާއިން އިސްވެ އޮވެ މިހާރު ވެސް އީރާނަށް ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނައިރުވެސް، ގަވާއިދާ ހިލާފަށް ދުވާލަކު ގާތްގަނޑަކަށް 500،000 އާއި އެއް މިލިއަން ފީފާގެ ތެޔޮ އީރާނުން ފޯރުކޮށްދޭ ކަމަށް ވެއެވެ. އީރާނުން ތެޔޮ ގަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ރަޝިޔާ، ވެނެޒުއެލާ އަދި ތުރުކީ ފަދަ ގައުމުތައް ހިމެނެ އެވެ. މި ގައުމުތަކުން ތަފާތު ނެޓްވޯކްތައް ބޭނުންކޮށްގެން އެހެން ގައުމުތަކަށް އީރާނުގެ ތެޔޮ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތަސް އެޤައުމުގެ އިޤްތިޞާދަކަށް މާބޮޑު އަސަރެއް ނުކުރިއެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖެކް ވިދާޅުވީ އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން "އެމެރިކާއާއި އެގައުމުގެ އެކުވެރިންނާއި ބައިވެރިންނަށް ނުރައްކާވާ ޓެރަރިސްޓް ހަރަކާތްތަކަށް އެހީތެރިވުން ހިމެނޭ ގޮތަށް އީރާނުގެ މާލީ ވަސީލަތްތަކަށް ބުރޫއެރުމަށް އެހީތެރިވެދޭނެ" ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އީރާނުން އިސްރާއީލަށް ފޮނުވާލި މިސައިލްތައް ވައްޓާލުމަށްޓަކައި އެމެރިކާއިން އެހީތެރިވެފައި ވެއެވެ.
އެކަމާއި ގުޅިގެން އީރާނާއި ދެކޮޅަށް ހަރުކަށި ރައްދެއް ދިނުމަށް އިސްރާއީލުން ގުޅިފައިވާ އެކުވެރިންނާއި ކޯޑިނޭޓްކޮށް އަދި ހަމަލާ ދިނުމަށް ތައްޔާރުވަމުންދާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ތެހެރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ބަދަލު ހިފުމުގެ ހަމަލާއެއް ދިނުމަށް ތާއީދު ނުކުރާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.
މީގެ ދެ ދުވަސް ކުރިން ބުރާސްފަތި ދުވަހު އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ މިސައިލް ހަމަލާތަކަށް އީރާނުން ދޭ ޖަވާބަކީ "މަރުވާވަރުގެ" އަދި "ސިއްސުވާލާފަދަ" ޖަވާބަކަށް ވާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.
"އަޅުގަނޑުމެންގެ ހަމަލާ ވާނީ މަރުވާ، ސީދާ ހައިރާން ކުރުވަނިވި ވަރުގަދަ ހަމަލާއަކަށް،" އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޫވިޖިލަންޓް ސިފައިންނަށް ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ. ކަން ހިނގި ގޮތާއި އެކަން ހިނގި ގޮތެއް ނުވިސްނޭނެ އެވެ. އެމީހުންނަށް ނަތީޖާ އެނގޭނެ.'
'އަޅުގަނޑުމެންނަށް ހަމަލާދޭ ކޮންމެ މީހަކަށް ވެސް ގެއްލުން ލިބި، އޭގެ ނަތީޖާ ލިބޭނެ.'
އިސްރާއީލުން އީރާނަށް ހަމަލާ ދޭއިރު އެގައުމުގެ އެކުވެރިންނަށް އެންމެ ގާތްކޮށް ތިބީ އެމެރިކާއާއި އިނގިރޭސީވިލާތެވެ.









