Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުން ނަބްލޫސްގައި ބައިނަލްއަގްވާމީ ފަރާތްތަކަށް ހަމަލާދޭން އުޅެފި

އިސްރާއީލުން ނަބްލޫސްގައި ބައިނަލްއަގްވާމީ ފަރާތްތަކަށް ހަމަލާދޭން އުޅެފި

ޖަވާދު
688 ދުވަސް ކުރިން - 12 އޮކްޓޫބަރު 2024 08:58
އިސްރާއީލުން ނަބްލޫސްގައި ބައިނަލްއަގްވާމީ ފަރާތްތަކަށް ހަމަލާދޭން އުޅެފި
ޚުލާސާ

ބައިނަލްއަޤްވާމީ އެކްޓިވިސްޓުން އެ ރަށަށް ދިޔައީ ނަބްލުސް އަށް ދިޔައީ ދަނޑުވެރިންނަށް އެމީހުންގެ ޒައިތޫނި ގަސްތައް ހޯދުމަށް އެހީތެރިވުމަށް. ސަބަބަކީ އިސްރާއީލުން ގިނައަދަދެއްގެ ޒައިތޫނި ގަސްތައް ކަނޑަމުން ދާތީ އެކަން ހުއްޓުވޭތޯ

 އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އިއްޔެ ހަވީރު ނަބްލޫސް (ނުވަތަ ނަބްލަސް)ގައި ބައިނަލްއަގްވާމީ އެއްބައިވަންތަކަމުގެ އެކްޓިވިސްޓުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފިއެވެ.

ގަދަބާރުން ފަލަސްތީނަށް ވަދެގެން އުޅޭ ހައްދުފަހަނައެޅި އިސްރާއީލުގެ ފޯސްތަކުން އެރަށަށް ވަދެ، ބައިނަލްއަގްވާމީ 16 އެކްޓިވިސްޓުން ތިބި އިމާރާތެއް ވަށާލާފައިވާ ކަމަށާއި އެމީހުން އެތަނުން ގަދަކަމުން ނެރެން މަސައްކަތް ކުރިކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި މައި ދޮރުތައް ތަޅާލަން މަސައްކަތް ކުރި ކަމަށާއި އިންޒާރު ވެސް ދީފައިވާ ކަމަށް ހަބަރުތައް ލިބެއެވެ.

ފަލަސްތީނު ރައްޔިތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިނަލްއަޤްވާމީ އެކްޓިވިސްޓުން އެ ރަށަށް ދިޔައީ ނަބްލުސް އަށް ދިޔައީ ދަނޑުވެރިންނަށް އެމީހުންގެ ޒައިތޫނި ގަސްތައް ހޯދުމަށް އެހީތެރިވުމަށެވެ. ސަބަބަކީ އިސްރާއީލުން ގިނައަދަދެއްގެ ޒައިތޫނި ގަސްތައް ކަނޑަމުން ދާތީ އެކަން ހުއްޓުވޭތޯއެވެ.

Advertisement

Advertisement 1

ނަބްލޫސް އަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ މުއްސަނދި ތާރީޚެއް އޮތް ސިޓީއެކެވެ. މިތަނަކީ ކަންޢާނީންނާއި، ރޯމަނުންނާއި، ބީޒަންޓައިން މީހުންނާއި، އުސްމާނީން ފަދަ އެކި ޙަޟާރަތްތަކުން ދިރިއުޅެމުން އައި ރަށެކެވެ. އެއީ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު އެއް ސިޓީ އެވެ. މިއީ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ އަދި ސަގާފީ ބޮޑު މަރުކަޒެއެގެ ގޮތުގައި އޮންނަ ސިޓީއެކެވެ. ނަބްލޫސް އޮންނަނީ ދެ ފަރުބަދައެއް ކަމަށްވާ މައުންޓް އެބަލް އާއި މައުންޓް ގެރިޒިމް އާއި ދެމެދުގައި ކަމަށާއި، މިއީ ތާރީހީ މުސްކުޅި ސިޓީއާއި، ސަގާފީ ސައިބޯނި ފެކްޓްރީތަކާއި، ކްނަފޭ ފަދަ ފޮނި ކާނާ އުފެއްދުމުގެ ސަބަބުން މަޝްހޫރު ރަށެކެވެ.

އިއްޔެ ބައިނަލްއަޤްވާމީ އެކްޓިވިސްޓުންނަށް ނަބްލޫސް ގައި އިސްރާއީލުން ހަމަލާދޭން މަސައްކަތްކޮށް ބިރު ދެއްކިއިރު، އިސްރާއީލު ފޯސްތަކުން ނަބްލޫސްގެ ހުޅަނގު ދެކުނުގައި އޮންނަ ރަށެއް ކަމަށްވާ ޓެލް އަށް އެއްފަހަރާ ކުއްލިޔަކަށް ވަދެގަނެ ކުނަގޭސް ޖަހައި ލައިވް ވަޒަން ބޭނުންކޮށް އާންމުންނާއި ދިމާލަށް ބަޑިޖަހާފައި ވެއެވެ.

އިސްތިއުމާރީ ބާރުތަކުން ކޮންމެ ދުވަހަކު ހުޅަނގު އައްސޭރި ހުރަސްކޮށް ފަލަސްތީނު މީހުން ހޯދުމުގެ ބަހަނާގައި ރޭޑްތައް ހިންގާއިރު، ރައްޔިތުންނާއި ދެކޮޅަށް ހަމަނުޖެހުންތައް ހިންގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާ ނުކުރާ އެއްވެސް ދުވަހެއް ނދެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ރޭޑްތައް ކުރިއަށް ގެންދަނީ އިސްރާއީލް އަސްކަރިއްޔާއިން އެއްވެސް އިންޒާރެއް ިނުމެއް ނެތި ކުއްލިޔަކަށެވެ. އެމީހުން އިޚްތިޔާރުކުރާ ކޮންމެ ވަގުތަކު އެ އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ވަދެ ބަލައި ފާސްކުރަނީއެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ 3 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެތަކަށް ވަދެ މީހުން ހައްޔަރުކުރުމަށާއި ތަންތަން ޗެކުކޮށް ބަލައި ފާސްކުރުމަށް އިސްރާއީލުގެ އަސްކަރީ ގާނޫނުގެ ދަށުން ސިފައިންގެ ކޮމާންޑަރުންނަށް ފުރިހަމަ އެގްޒެކެޓިވް، ލެޖިސްލޭޓިވް އަދި ޝަރުއީ ބާރު ވަނީ ދީފައެވެ. 

ފަލަސްތީންއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

14 ގަޑިއިރު ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

3 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ދުވަސް ކުރިން - 12:03