ހިޒްބުاللهގެ މަޝްހޫރު ލީޑަރެއް ކަމަށްވާ ވާފިޤް ސަފާ ޝަހީދުކޮށްލުމަށް އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ސިލްސިލާ ވައިގެ ހަމަލާތަކުގައި އޭނާ ސަލާމަތްވެވަޑައިގެންފިއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދިން ގޮތުގައި ވާފިޤް ޝަހީދުކޮށްލުމަށްޓަކައި ދިން ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 22 އަށް އަރާފައިވާއިރު، އިތުރު 100 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ.
ރޭ އިސްރާއީލުގެ ހަނގުރާމަވެރި ޖަމާޢަތުން ވަނީ ބެއިރޫތުގެ މެދުތެރެއަށް ތިން ވައިގެ ހަމަލާއެއް ދީފައެވެ. އެއީ ތަފާތު ތިން ސަރަޙައްދަކަށެވެ. ހަނގުރާމަވެރި އިސްރާއީލް ޖަމާޢަތުން ރޭ ހަމަލާ ދީފައިވަނީ ވާފިޤް އުޅުއްވާނެ ކަމަށް ލަފާކުރެވޭ ތަންތަނަށެވެ.
އިސްރާއީލުގެ ޓެރަރިސްޓު ހަނގުރާމަވެރި ޖަމާޢަތުން ފުރަތަމަ ވައިގެ ހަމަލާ ދިނީ އަށް ބުރީގެ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާއަށެވެ. ދެވަނަ ވައިގެ ހަމަލާގައި ދިނީ އެހެން އެހެން ޢިމާރާތަކަށެވެ. އެއީ ހަތަރު ބުރީގެ ޢިމާރާތަކަށެވެ. ެ ހަމަލާގައި މުޅި ޢީމާރާތް ވަނީ ފުނޑުފުނޑުކޮށްލާފައެވެ. ޔަހޫދީ ޓެރަރިސްޓު ހަނގުރާމަވެރި ޖަމާޢަތުގެ ތިން ވަނަ ހަމަލާއާބެހޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޓެރަރިސްޓު އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ ދިން ހަމަލާގެ ބޭނުމަކީ ހިޒްބުاللهގެ އަސްކަރީ ކޮމާންޑަރެއް ނުވަތަ ލީޑަރެއް ކަމަށްވާ ވާފިކް ސަފާ ނައްތާލުމެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއީ ބެއިރޫތު ސިޓީގައި، ކޮލާ، އަދި ބަޝޫރާ ހަމަލާތަކަށްފަހު ސިއްޙީ މީހުންނަށް ވެސް އަމާޒުކޮށް ދީފައިވާ ތިންވަނަ ހަމަލާއެވެ. ހަބަރުތައް ބުނާ ގޮތުގައި ޓާގެޓްކޮށް ސީދާ ޕެރަމެޑިކުންނަށް ވެސް ހައްދުފަހަނައެޅި ޓެރަރިސްޓް ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ އިސްރާއީލުން ވަނީ ހަމަލާދީ ޝަހީދުކޮށްލާފައެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، ލުބުނާނުގައި ހުންނަ އަރަބި ސޯޝަލިސްޓް ބައާތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ ހިޖާޒީ އަށް ވެސް ހަމަލާދީ ޝަހީދު ކޮށްލިއެވެ. ނަމަވެސް ފަހުން ލުބުނާނުގެ މީޑިއާތަކުން ވަނީ ހިޖާޒީ ޝަހީދުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.









