މޯލްޑިވިއަން އިން ށ. ފުނަދޫ އެއަރޕޯޓަށް ކުރާ ދަތުރުތައް އަލުން ފަށައިފި ކަމަށް އެ އެއަރލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ހާމަކޮށްފިއެވެ.
މޯލްޑިވިއަން އިން ކުރި ޕޯސްޓެއްގައި ފުނަދޫއަށް އަލުން ދަތުރުތައް ފެށިކަން އިޢުލާންކުރަމުން ބުނެފައިވަނީ، "މޯލްޑިވިއަން އިން ފުނަދޫއަށް ކުރާ ދަތުރުތައް މިހާރު ވަނީ އާންމު އުސޫލުން ފެށިފައި. މި މުއްދަތުގައި ދިމާވި ދަތިތަކާ ގުޅިގެން ކަސްޓަމަރުން ދެއްކެވި ކެތްތެރިކަމާއި އެއްބާރުލެއްވުމަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން" ކަމަށެވެ.
މޯލްޑިވިއަން އިން ފުނަދޫއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ޖެހުނީ ފަޔާ ޓްރެކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، މިހާރު އެ މައްސަލަ ޙައްލުކުރެވި، ދަތުރުތައް އަލުން ފަށައިފިއެވެ.
ފުނަދޫއަށް ދަތުރުތައް އަލުން ފެށުމާ ގުޅިގެން ޓިކެޓް އަލުން ބުކްކުރުމަށް ވަނީ ހުޅުވާލާފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 1671 އަށް ގުޅުމަށް ނުވަތަ cc@iasl.aero އަށް އީމެއިލް ކުރުމަށް މޯލްޑިވިއަން އިން އަންގާފައިވެއެވެ.
މި ދަތުރުތައް އަލުން ފެށުމުން، ށ. އަތޮޅުގެ ރައްޔިތުންނަށާއި އެ ސަރަޙައްދަށް ދަތުރުކުރާ ފަސިންޖަރުންނަށް ލުއިފައިފަސޭހަކަން ލިބިގެންދާނެއެވެ.









