ވިލިމާލޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިކަމަށްޓަކައި ކުލާސްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށެވެ. އެގޮތުން ވިލިމާލެ މަސްޖިދުލް ބިއްރިގައި 2 ކުލާސްރޫމް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަކަމަށް ވުޒާރާއިން ބުންޏެވެ.
މި މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްދޭތީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މާލެ ސިޓީ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގޮފި ވަރަށް އަވަހަށް ހުޅުވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޤުރުއާނާއި ބެހޭ މަރުކަޒުން މިހާރުވެސް އަންނަނީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ގިނަ ޕްރޮގުރާމުތަކާއި ކުލާސްތައް ކުރިއަށް ގެންދަމުންނެވެ.









