ޣައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.
މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތުގެ ހުޅަނގު ގޭޓުކުރިމަތިން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އާންމުންގެ ވެހިކަލަކަށް ބޮން އަޅައި އާންމުންގެ އެތައް ބަޔަކު ޝަހީދުކުރިއެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްޒަވައިދާ ޓައުންގެ ކައިރީގައި އޮންނަ ދަނޑުވެރިކަންކުރާ ބިންތަކަށް އަމާޒުކޮށް ވެސް އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓަކުން ބޮން އެޅިއެވެ. މިހަމާލަތަކުގައި މަދުވެގެން އެކަކު ޝަހީދުވެފައިވާއިރު އިތުރު ބަޔަކު ވަނީ ޒަހަމްވެފައި ކަމަށް ފަލަސްޠީނުގެ ޚަބަރުތައް ބުނެއެވެ.
މީގެ އިތުރުން އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕްގައި ހުންނަ އަލް އަލާމީ ސަރަހައްދުގެ ޓަވަރަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އުތުރުގައި އޮންނަ ބައިތު ލާހިއާގެ ބައެއް ގެތަކަށް އިސްރާއީލްގެ ފަޔަރ ޖެޓްތަކުން ހަމަލާދީ ގިނަ އަދަދެއްގެ ރައްޔިތުން ޒަޚަމް ކޮށްފައި ވެއެވެ.
މީގެއިތުރުން ހަނގުރާމަ މަތިންދާބޯޓުތަކުން ވަނީ ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލް ރިމާލްގެ ގެތަކަށް ވެސް ބޮން އެޅި ކަމަށާއި، ޣައްޒާ ސިޓީގެ އިރުދެކުނު ސަރަހައްދުގައި އޮންނަ އަލްޒައިތޫން ސަރަހައްދުގެ ގެއެއް ވެސް ރޯކޮށްލާފައި ވެއެވެ.
އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތަކާއި ލާއިންސާނީ ޖަރީމާތަކުން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތަކަށް 1 އަހަރު ވީއިރު ދުނިޔޭގެ އެއްވެސް ބަޔަކަށް މިކަމެއް ނުހުއްޓުވުނެވެ.









