ލުބުނާނުގެ ބެއިރޫތަށް ވަޑައިގެންނެވި ފަހުން އީރާނުގެ ޤުދުސް ފޯސްގެ ކޮމާންޑަރު އިސްމާޢީލް ޤައަނީގެ ހަބަރެއް ނުވާކަމަށް ބުނެ ބޭރުގެ މީޑިއާތަކުން ފަތުރާފައިވާ ޚަބަރާއި ގުޅިގެން ، އޭނާ ހުންނެވީ ސަލާމަތުން ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ހަބަރުތަކުން ވެސް ބުނަނީ އޭނާއާއި ނުގުޅޭ ކަމަށާއި ގެއްލިފައިވާ ކަމަށެވެ.
އެހެންނަމަވެސް އީރާނުގެ ސަރުކާރުން މިކަން ދޮގުކުރެއެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އީރާނުން ދޮގު ހަދާކަމަށް ނުވަތަ ކަންތައްތަކެއް ފޮރުވާ ކަމަށް ތުހުމަތު ކުރެއެވެ. އަދި އޭނާގެ ބަޔާނެއް ނެރުއްވުމަށް ނުވަތަ ވީޑިއޯ އިންޓަވިއުއެއް ނެރެދެއްވުމަށް ވެސް ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.
މިކަންކަމާއި ގުޅިގެން އީރާނުގެ ސަރުކާރުން ބުނީ ޤަޢަނީގެ ހާލު ރަނގަޅު ކަމަށާއި ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލި މައްސަލައިގައި ބެއިރޫތަށް ޤައަނީ ވަޑައިގަތަސް ހިޒްބުاللهގެ އެގްޒެކެޓިވް ކައުންސިލްގެ ވެރިޔާ ހާޝިމް ސަފިއުއްދީނާއި ބައްދަލު ނުކުރައްވާ ކަމަށެވެ.









