Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް އަމާޒު ކޮށްލެވޭނެ ވަރުގެ ގަދަފަދަ ހަތިޔާރުތައް އެބަހުރި - އީރާން

އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް އަމާޒު ކޮށްލެވޭނެ ވަރުގެ ގަދަފަދަ ހަތިޔާރުތައް އެބަހުރި - އީރާން

އުސްތާޛް އަލީ އާދަމް
614 ދުވަސް ކުރިން - 8 އޮކްޓޫބަރު 2024 15:40
ޑިފެންސް ސިސްޓަމް ތަކަށް ހުއްޓުވަން އުނދަގޫ އީރާނުގެ ދުވެލިބާރު މިސައިލް.
ޑިފެންސް ސިސްޓަމް ތަކަށް ހުއްޓުވަން އުނދަގޫ އީރާނުގެ ދުވެލިބާރު މިސައިލް.
ޚުލާސާ

އީރާނަށް ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭނެ މިސައިލްގެ ޤާބިލްކަން އެބަހުރި ކަމަށާއި ބަދަލު ހިފަން މަސައްކަތް ނުކުރުމަށް ބުނެ އިސްރާއީލަށް އިންޒާރު ދީފި

އިސްރާއީލަށް ވަރަށް އަވަހަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅުގައި އީރާނުން އިސްރާއީލަށް ވަރަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުން ބުނީ އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް އަމާޒު ކޮށްލެވޭނެ ވަރުގެ ގަދަފަދަ ހަތިޔާރުތައް އެޤައުމުގައި އެބަހުރި ކަމަށާއި ، ބޭނުން ކޮންމެ ތަނަކަށް މިސައިލް ހަމަލާތައް ފޮނުވޭނެ ޤާބިލްކަން އެޤައުމުގައި އެބަހުއްޓެވެ. މީގެ އިތުރުން އީރާނުން ބުނީ ހުސްވި ހަފްތާގައި އެޤައުމުން އިސްރާއީލަށް ފޮނުވި މިސައިލް ހަމަލާ ތަކަކީ އިސްރާއީލުން ހަމާސްގެ ކުރީގެ ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުންނާއި އަދި އީރާނުގެ މަސްލަޙަތު ހިމެނޭ އެހެން ފަރާތްތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައިވާތީ ދެވުނު ހަމަލާއެއް ކަމަށެވެ. ވީމާ އެކަމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އީރާނަށް ހަމަލާ ދީފިނަމަ އިސްރާއީލަށް ވަރަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް ވެސް އީރާނުން ބުނެޏެވެ.

ނަމަވެސް މީގެ ކުރިން އީރާނުން ބުނެފައިވަނީ އިސްރާއީލަށް ދިން ހަމަލާ އަކީ ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އާއި ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލީތީ ދިން ހަމަލާއެކެވެ. މަސްލަހަތު ހުރި ފަރާތްތަކޭ އޭރަކު ނުބުނެއެވެ. 

Advertisement

Advertisement 1

އެމެރިކާއިން މީގެކުރިން ބުނެފައިވަނީ އީރާނުން ދަނީ ޔަމަނާއި ސީރިއާގެ އިތުރުން ލުބުނާނު މެދވެރިކޮށް އިސްރާއީލަށް ހަމަލާ ދެމުން ކަމަށާއި ސަރަޙައްދީ ނުރައްކަލަކީ އީރާނު ކަމަށް އިސްރާއީލުން ބުނާ ބުނުމަށް އެމެރިކާ އެއްބަސް ވެއެވެ.

އިސްރާއީލްއީރާން
Ad
Ad

3 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މިހަންމަދު

610 ދުވަސް ކުރިން - 11:12

މެދު އިރުމަތީ ހާލިތު އެއްމެ ބޮޑައް ގޯސްކުރަން ހުރިހާ ބާރެއް ދީ ވަސުވާސްދީ އިޒްރޭލައް ހަތިޔާރާއި އެހީތެރިކަން ފިރުކޮއްދީ ހަދަނީ އެމެރިކާއެވެ.އަސްލު އެމެރިކާގެ ބޭނުންވާ މަގުސަދަކީ މުސްލިމުން ނިކަމެތިކޮއް ނަސްލު ނައްތާލުމެވެ. އެމެރިކާއަކީ ހުރިހާ އެއްބާރުލުމެއް އިޒްރޭލައްދޭ އެއްގަމެވެ. ނަމުން އެންމެ ޑިމޮކުރެސީ ގައުމަކައް ވަކާލުތުކުރާ އެމެެރިކާއެވެ. އެކަމަކު އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީއެވެ. ފަލަސްތީނައް އަދި މުސްލިމު އުއްމަތައް ނަސްރު ދެއްވާންދޭވެ🤲

ގުޅޭ ޚަބަރުތައް

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ

59 މިނެޓު ކުރިން - 07:02

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން, ނަތަންޏާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވި: ޓްރަމްޕު

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން: ޓްރަމްޕު

7 ގަޑިއިރު ކުރިން - 00:26

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

11 ގަޑިއިރު ކުރިން - 20:14

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

ނަތަންޔާހޫގެ ކެބިނެޓުގެ އިންޒާރަކަށް ފަހު ބެއިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި

14 ގަޑިއިރު ކުރިން - 17:59

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

22 ގަޑިއިރު ކުރިން - 09:46

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

1 ދުވަސް ކުރިން - 02:52