ސޯނަމް ކަޕޫރުގެ ކޮއްކޮ ރިއާ ކަޕޫރުގެ ދެމަފިރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފިއެވެ.
ސޯނަމް ކަޕޫރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ސޯނަމްގެ ދެމަފިރިންނާއި ރިއާގެ ދެމަފިރިންވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައެވެ.
ރިއާ ކަޕޯރު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުން ދޭހަވާގޮތުގައި މި ދަތުރަކީ ރިއާގެ ފިރިމީހާ ކަރަން ބުލާނީގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާ ދަތުރެކެވެ.
މިއީ މި އަހަރު ރިއާ ރާއްޖެއަށް ކުރި ދެވަނަ ދަތުރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ރިއާ ރާއްޖެ އައިސްފައިވަނީ ފިރިމީހާ ކަރަން އާއެކު ދެމީހުންގެ ކައިވެންޏަށް ތިން އަހަރު ފުރުން ފާހަގަކުރުމަށެވެ. މިދިޔަ އޮގަސްޓް މަހު ފެމަފިރިން ކުރި ދަތުރުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ސިކްސް ސެންސަސް ކަނުހުރާގައެވެ.









