މިމަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަށް ނޮމިނޭޓްވި ފަރާތްތައް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރެކްރިއޭޝަނުން އިއުލާންކޮށްފި އެވެ.
އެތުލެޓިކްސް (ފިރިހެން ކެޓަގަރީ) އިން އަހަރުގެ އެންމެ މޮޅު އެތުލީޓް އަށް ނޮމިނޭޓްވެފައިވަނީ އާދަމް ރިއްފަތު، ހަސަން ސާއިދު، އަދި ހުސައިން ރިޒާ އެވެ.

ބެޑްމިންޓަން (އަންހެނުންގެ ކެޓަގަރީ) އަށް އަހަރުގެ އެންމެ މޮޅު އެތުލީޓް ގެ ރޭންޑުގައި އާމިނަތު ނަބީހާ އަބްދުއްރައްޒާގާއި، މައިސާ ފަތުހުއްލާ އިސްމާއިލް، އަދި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ހިމެނެއެވެ.

ފުޓްބޯޅަ (ފިރިހެން ކެޓަގަރީ) އަށް ނޮމިނޭޓްވި ފަރާތްތަކުގެ ތެރޭގައި އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު، އަދި އަހުމަދު ރިޒުވާން ހިމެނެ އެވެ.











