ތަސްލީމު ގެއްލުނު މައްސަލައިގައި ގިނަ ބަޔަކާއި ސުވާލުކޮށް މައުލޫމާތު އެއްކޮށްލައިފި

ހުސައިން އިސްމާއިލް | 420 ދުވަސް ކުރިން - 6 އޮކްޓޯބަރު 2024 13:35
ޚުލާސާ

ތަސްލީމު ގެއްލުނު މައްސަލައިގައި އޭނާއާއި އެކު ދަތުރުދިޔަ މީހުންގެ އިތުރުން އެހެން 12 މީހަކާވެސް ސުވާލުކުރި. އިންޓަޕޯލްގައި އެދުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު

މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ރައްޓެހިންނާއެކު ދަތުރު ދިޔުމަށްފަހު ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދާ 43 އަހަރުގެ ތަސްލީމް މުހައްމަދު މ. އަސަރީހަނދާން، ހޯދުމަށް ޖިނާއި ކުށްތަކާއި ގުޅޭ ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލްގެ ރީނދޫ ނޯޓިސް ނެރެފިއެވެ.

ތަސްލީމު ހޯދަން ނޯޓިސް ނެރުމަށް އިންޓަޕޯލްގައި އެދިފައިވާ ކަމަށް ، މިދިޔަ މަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ބުނެފައެވެ ފުލުހުން އެފަދަ ނޯޓިސް އަކަށް އެދިފައިވަނީ އެމަހުގެ 12 ވަނަ ދުވަހުއެވެ. 

މާލޭ ސިޓީ ކައުންސިލްގެ އިލެކްޓްރީޝަން ތަސްލީމް މުޙައްމަދު ގެއްލިފައިވަނީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ހުވަފެންފުށި ކައިރީގައި އޮތް ފަސްގަނޑަކަށް ކުރި ދަތުރެއްގައެވެ. އެންމެ ފަހުން ތަސްލީމް ފެނިފައިވަނީ އެ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ތަސްލީމް ގެއްލުނު ފަހުން، ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑައިވިންގ ޓީމުން ވަނީ ފުޅާ ދާއިރާއެއްގައި އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ދަތުރުގެ ބައިވެރިންނާއި އެހެން ގްރޫޕެއްގެ 12 މީހުންނާއި ފުލުހުން ސުވާލުކޮށްފައި ވެއެވެ. ތަސްލީމް ހޯދުމަށްޓަކައި މެރިން ޕޮލިސްއާއި ފުލުހުންނާއި ކޯސްޓްގާޑުގެ ޑައިވް ޓީމްތަކުން އެ ފަސްގަނޑު ހިމެނޭ މޫދު ސަރަޙައްދު ބަލާފައިވާކަމަށެވެ. އެގޮތުން ޖުމުލަ 943،998 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%