Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލުބުނާނުން ރޭ އިސްރާއީލްގެ ސަރަހައްދީ ކޮމާންޑް ސެންތަރަށް ޑްރޯން ހަމަލާއެއް ދީފި

ލުބުނާނުން ރޭ އިސްރާއީލްގެ ސަރަހައްދީ ކޮމާންޑް ސެންތަރަށް ޑްރޯން ހަމަލާއެއް ދީފި

ޖަވާދު
703 ދުވަސް ކުރިން - 6 އޮކްޓޫބަރު 2024 09:32
ހިޒްބުﷲއިން ދިން ހަމަލާގައި ޒަހަމްވި އިސްރާއީލް ސިފައިންގެ މީހަކު ހެލިކޮޕްޓަރުގައި ފަރުވާއަށް ގެންދަނީ. ހިޒްބުﷲއިން ވަނީ ފާއިތުވީ 3 ދުވަސްތެރޭ އިސްރާއީލްގެ 25 ސިފައިން މަރާލާފައި
ހިޒްބުﷲއިން ދިން ހަމަލާގައި ޒަހަމްވި އިސްރާއީލް ސިފައިންގެ މީހަކު ހެލިކޮޕްޓަރުގައި ފަރުވާއަށް ގެންދަނީ. ހިޒްބުﷲއިން ވަނީ ފާއިތުވީ 3 ދުވަސްތެރޭ އިސްރާއީލްގެ 25 ސިފައިން މަރާލާފައި
ޚުލާސާ

އެއްގަމުމަހުން ލުބުނާނަށް އަރަން އުޅުނު 25 ޔަހޫދީ ސިފައިން މަރާލިއިރު ރޭ ހިޒްބުﷲއިން ޑްރޯން ހަމަލާ ދިނީ އިސްރާއީލްގެ ކޮމާންޑް އިކުއިޕްމަންޓް ސެންޓަރަކާއި ސަރަހައްދީ އިކުއިޕްމަންޓް ޔުނިޓަށް

އެއްގަމު މަގުން އިސްރާއީލާއި ހިޒްބުﷲގެ ހަނގުރާމަވެރިން ތިބި ލުބުނާނުގެ ދެކުނު ސަރަހައްދަށް އަރައިގަނެގެން އުޅޭ ޔަހޫދީ ސިފައިންނާއި ކުރިމަތިލައި އެމީހުންގެ 25 މީހުން މިހާތަނަށް މަރާލާފައިވާނެ ކަމަށް ހިޒްބުﷲއިން ބުނެފިއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ މުޖާހިދުންގެ ގްރޫޕުން އެކްސްގައި ބުނާ ގޮތުގައި އެ ޖަމާއަތުން ވަނީ އިސްރާއީލު ސިފައިންގެ ސެމްސަން ޔުނިޓްގެ މަރުކަޒު ކަމަށްވާ ތަބަރާޔާ ލޭކް ކައިރީގައި އޮންނަ މަރުކަޒަކަށް ވެސް ކާމިޔާބު ހަމަލާއެއް ދީފައެވެ. 

ހިޒްބުالله އިން ބުނާ ގޮތުގައި އެމީހުން ރޭ ހަމަލާ ދިން ސެމްސަން ޔުނިޓާއި އެތަނުގެ މަރުކަޒަކީ އިސްރާއީލް ސިފައިން ބޭނުންކުރާ "ކޮމާންޑް އިކުއިޕްމަންޓް ސެންޓަރަކާއި ސަރަހައްދީ އިކުއިޕްމަންޓް ޔުނިޓް" އެވެ. ހަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލްގެ އޮފިސަރުންނާއި ސިފައިންގެ ލޮކޭޝަންތަކަށް ކަމަށް ހިޒްބުﷲއިން ބުނެއެވެ. ނަމަވެސް މިހަމާލަގައި ލިބުނު ގެއްލުމެއް ލުބުނާނުގެ ހިޒްބުﷲއިން ބުނެފައި ނުވާއިރު، އެއްގަމު މަގުން އަރައި ލިމިޓެޑް އޮޕަރޭޝަނެއް ހިންގަން އިސްރާއީލުން ކުރި އިއުލާނަށްފަހު މިހާތަނަށް ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލްގެ 25 ސިފައިން މަރާލާފައިވާއިރު 150އަށްވުރެ ގިނަ އިސްރާއީލް ސިފައިން ޒަހަމް ވެފައިވާކަން ހިޒްބުﷲއިން ކަށަވަރު ކުރެއެވެ. 

Advertisement

Advertisement 1

ރޭ ފޮނުވާލި ޑްރޯން ހަމަލާ އާއި ގުޅިގެން އިސްރާއީލު ސިފައިން ބުނީ ކިރިޔާތު ޝްމޯނާ ސަރަހައްދުން ލުބުނާނުގެ ސަރަހައްދުން ގާތްގަނޑަކަށް 30 ހަމަލާއެއް ފޮނުވާލި ކަމަށާއި ބައެއް ހަމަލާތައް ހުއްޓުވާލި ކަމަށެވެ.

އިސްރާއީލްލުބުނާންހިޒްބުالله
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

21 ދުވަސް ކުރިން - 19:36

ހިޒްބުﷲ އަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

ހިޒްބުﷲއަކީ އީރާނުގެ ޕަޕެޓެއް ނޫން ކަން އެނގި އިޒުރޭލް ކުޑަކަކޫ މައްޗަށް!

33 ދުވަސް ކުރިން - 16:45