Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާމްދީނުގައި ހިފައިގެން ކުރިޔަށް ދާނަމަ ޤައުމު ވެސް ދާނީ ކުރިޔަށް - ރައީސް ޑރ.މުޢިއްޒު

އިސްލާމްދީނުގައި ހިފައިގެން ކުރިޔަށް ދާނަމަ ޤައުމު ވެސް ދާނީ ކުރިޔަށް - ރައީސް ޑރ.މުޢިއްޒު

ހުސައިން އިސްމާއިލް
699 ދުވަސް ކުރިން - 5 އޮކްޓޫބަރު 2024 15:15
އިސްލާމްދީނުގައި ހިފައިގެން ކުރިޔަށް ދާނަމަ ޤައުމު ވެސް ދާނީ ކުރިޔަށް - ރައީސް ޑރ.މުޢިއްޒު
ޚުލާސާ

ރައީސް ވަޞިއްޔަތް ކުރެއްވީ ދޮގު ޚަބަރު ނުފެތުރުމަށާއި، ނަމާދު ޤާއިމް ކުރުމަށާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި ރީތި ސިފަތަކުގައި ސާބިތުވެ ތިބުމަށް. މިއީ މަލްޓިޕާޓީ ރައީސަކު އައިފަހުން އިވުނު ތަފާތު ވާހަކަތަކެއް

ސިޔާސީ ބޭފުޅުންނާއި އިއްޒަތްތެރިންނާއި ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މިއަދު ވިދާޅުވި ވާހަކަފުޅުތައް ތަފާތެވެ. އިސްލާމްދީނަށް ބަދަލުވުމަކީ ހަމައެކަނި ތާރީޚީ ހާދިސާއެއް ނޫން ކަމަށާއި މިއީ 898 އަހަރު ވަންދެން ދިވެހި އައިޑެންޓިޓީ ބައްޓަންކޮށްފައިވާ ރޫޙާނީ އަދި އަޚްލާޤީ އިންގިލާބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމްދީން ގެނައީ ސުލްހައާއި އަމާންކަމާއި އާ ދިރިއުޅުމުގެ ވައްޓަފާޅިއެއް ކަމާއި، އަނިޔާވެރިކަމާއި ޚުރާފާތުން ދުރަށް ގޮސް ހަގީގަތާއި އިންސާފާއި ތަހުޒީބާ ދިމާއަށް ކަމަށް ވިދާޅުވިއެވެ. ރައީސް ހަނދާންކޮށްދެއްވީ، މުސްލިމުންގެ ގޮތުގައި ދަތުރު ފެށި ގޮތާއި، އޭގެ ފަހުން އިސްލާމްދީނުން ދިވެހި ޤައުމުގެ ރޫޙާނީ އަދި އަޚްލާޤީ އޮނިގަނޑުގެ ބިންގާ ފޯރުކޮށްދިން ގޮތެވެ.

މީގެ އިތުރުން، ޞާލިޙު އިސްލާމީ މުޖުތަމަޢެއްގެ މުހިންމު ސިފަތައް ކަމަށްވާ ނަމާދު ޤާއިމުކުރުމާއި، ޞަދަޤާތްކުރުމާއި، ނުބައިކަންތައްތައް މަނާކުރާއިރު ހެޔޮކަންތައްތައް އަމުރުކުރުން އެމަނިކުފާނު ހަނދާންކޮށްދެއްވިއިރު މިއީ މަލްޓިޕާޓީ ެރިކަން އައިފަހުން އެއްވެސް ރައީސަކު ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައި ނުވާ ކަންތަކެވެ. ސޫރަތުލްޙައްޖުގެ 41 ވަނަ އާޔަތަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ކުރެއްވީ އަގުހުރި ވަޞިއްޔަތްތަކެވެ. މުޖުތަމަޢުގައި މި އަގުތައް އެކުލެވިގެންވާތޯ ސުވާލު އުފައްދަވައި، ނަފްސާއިމެދު ވިސްނަވައި ، ޙަޤީޤީ އިސްލާމްދީނުގެ އުންމީދުތަކާ ދުރުވެފައިވާ މިންވަރާމެދު ވިސްނުމަށް ދަޢުވަތު ދެއްވިއެވެ. އިސްލާމްދީނުގެ އަސާސީ އުޞޫލުތަކަށް އެނބުރި ދިއުމަށް އެންމެންނަށް އިލްތިމާސްކުރައްވައި، ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް، ﷲގެ މައްޗަށް އޮތް ވާޖިބުތަ އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޞިއްޔަތް ކުރެއްވިއެވެ. 

Advertisement

Advertisement 1

މިޒަމާނުގެ މައްސަލަތަކަށް ހައްލެއް ދެއްވަމުން ރައީސް ކަންބޮޑުވުން ފާޅުކުރެއްވީ މިއަދުގެ މުޖުތަމައުގައި އަޚްލާޤީ ގޮތުން ދިމާވެފައިވާ ދޮގު ޚަބަރު ފެތުރުމާއި، ބަދުބަސް ބުނުން ފަދަ މުނާފިޤު ސިފަތަކާއެވެ. އެކަންތަކުން ދިވެހި ރައްޔިތުން ދުރުހެލިވުމަށް އެމަނިކުފާނު ނަސޭޙަތްތެރިވިއެވެ. ނަބިއްޔާގެ މިސާލަށް ދަޢުވަތު ދެއްވައި، ތެދުވެރިކަމާއި އޯގާތެރިކަމާއި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމަށް އެނބުރި ވަޑައިގަތުމަށް ރައީސް ގޮވާލެއްވީ ދިވެހި އެންމެހާ ރައްޔިތުންނަށެވެ. ދޮގުތަކާއި ފާޙިޝް ޢަމަލުތަކުގެ ސަބަބުން އާއިލާތަކަށާއި މުޖުތަމަޢުތަކަށް ކުރާ ނުރައްކާތެރި އަސަރުތަކަށް އަލިއަޅުވާލައްވަމުން ، މިފަދަ ޢަމަލުތަކަކީ އިސްލާމްދީނުގެ ޖާޒުބިއްޔަތާއި ޚިލާފު ޢަމަލުތަކެއްކަން ސާފުކޮށްދެއްވައި، ރޫޙާނީ ދިރުމެއްގެ ބޭނުންތެރިކަމަށް އެމަނިކުފާނު ބާރުއަޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނަށް އިލްތިމާސް ކުރެއްވީ، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، އިސްލާމީ އަގުތަކާއި ދިވެހި ގައުމިއްޔަތު އެ ޒުވާނުންގެ ކިބައިގައި އާލާކުރުމަށެވެ. އަޚްލާޤީ އަދި ރޫޙާނީ ތަޢުލީމުގެ ބޭނުންތެރިކަމެވެ. އީމާންތެރިކަން ބަލިކަށި މުޖުތަމަޢެއްގެ ނުރައްކާތެރިކަމާމެދު އެމަނިކުފާނު ދެއްވީ އިންޒާރެވެ. ޒުވާން ޖީލުތަކަށް މަގުދައްކައިދީ، އީމާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުންގެ ގޮތުގައި ދަރީން ބޮޑުކުރުމަށް ބެލެނިވެރިންނާއި ޓީޗަރުންނަށް އެމަނިކުފާނު އިޚްލާޞްތެރިކަމާއެކު ގޮވާލެއްވިއެވެ

ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމްކަމުގެ މި ފުރުޞަތުގެ ބޭނުން ހިފައިގެން ޤައުމުގެ ރޫޙާނީ އަދި އަޚްލާޤީ ސިއްޙަތާމެދު ފުންކޮށް ވިސްނުމަށް އެދިވަޑައިގަންނަވައެވެ. އިސްލާމްދީނަށް ތަބާވުމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫންކަން ނޫން ކަމަށާއި ޢަމަލުން އެކަން ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ މުޅި ދިވެހި ޤައުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެގޮތަށް ކަންތައް ކުރުމުން، ރޫޙާނީ ގޮތުންނާއި މާއްދީ ގޮތުންވެސް ދިވެހިރާއްޖެ ކުރިއަރާނެ ކަމަށާއި، ދިވެހި ރައްޔިތުން އިސްލާމްދީން ދެކެ ލޯބިވެ، ނަފްސުގެ ކިބައިގައިވާ އުނިކަންތަކާ މެދު ވިސްނައި، ދިރިއުޅުމުގެ ކޮންމެ ދާއިރާއަކުން އިސްލާމީ އަގުތައް ފުރިހަމައަށް ހާސިލްވާ މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް މި 898 އަހަރުވީ އިސްލާމް ކަމުގައި އެމަނިކުފާނު މުޅި ޤައުމަށް ވަޞިއްޔަތް ކުރެއްވިއިރު، ފާއިތުވީ 17 އަހަރުގައި ދިވެހި ވަލިއްޔުލްއަމްރުގެ ދޫފުޅުން މިއަދު ރައްޔިތުންގެ ކަންފަތްތަކަށް ފުރަތަމަ ފަހަރަށް އިވިގެން މިދިޔައީ އަގުހުރި ނަސޭހަތްތަކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރާއްޖެ އިސްލާމްވީ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

3 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 16:10