އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަށް ރައްދުދީ އިސްރާއީލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ އަމާޒުކުރަން ޖެހޭ ކަމަށް ދެކޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ނޯތު ކެރޮލައިނާ ސްޓޭޓްގައި ބޭއްވި ހަރަކާތެއްގައި ޑޮނަލްޑް ޓްރަމްޕް ވަނީ ރައީސް ބައިޑަންއާ މަޝްވަރާ ކުރައްވާފަ އެވެ.
ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ 'އެމީހުން (ބައިޑަން) ސުވާލުކުރީ އީރާނުށް ދިން ހަމަލާއާ މެދު ހިޔާލަކީ ކޮބައިތޯ ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕްގެ އިންތިހާބުގެ ކެމްޕޭނާ ގުޅިގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކައިރީގައި ސިފައިންގެ ބޮޑު މަރުކަޒެއް ހުންނަ ފެޓެވިލާގެ ޓައުން ހޯލްގައެވެ.
އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އިސްރާއީލުން ހަމަލާ ދޭކަށް ބައިޑަން ތާއީދެއް ނުކުރައްވައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އީރާނުގެ ނިއުކްލިއާ ފެސިލިޓީއަކީ ދުނިޔެއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ''އެއީ އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ، ނިއުކްލިއާ ހަތިޔާރު،" އީރާނުގެ ނިއުކްލިއަ ސައިޓުތަކަށް ހަމަލާ ދިނުމަށް ތާއީދުކޮށް ކުރީގެ ރައީސް ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައިނަމަ އިސްރާއީލު ރައްޔިތުންނަށް އަމާންކަން ހޯދައިދޭނެ ކަމަށާއި، އީރާނަށް ހަމަލާ ދިނުމުގައި އިސްރާއީލްގެ ރައްޔިތުންނާއި މަޝްވަރާ ވެސް ކުރައްވާނެ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ދިނުމަށް ތާއީދުކުރާ ކަމަށް ޓުރަމްޕު ވިދާޅުވީ އީރާނުން ބުދަ ދުވަހު އިސްރާއީލާ ދިމާލަށް ގާތްގަނޑަކަށް 200 މިސައިލް ފޮނުވާލުމާ ގުޅިގެންނެވެ.
އަންނަ މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރަމުންދާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް މިފަހަކަށް އައިސް މެދުއިރުމަތީގެ ފިތުނަތައް އިތުރުވެފައިވާ ގޮތާ ބެހޭ ގޮތުން މާބޮޑު ވާހަކައެއް ނުދައްކަވަ އެވެ.









