Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބައްސާމްގެ ދެ ޕެންޓްހައުސް ޕޮލިހުންނާ ޙަވާލުކުރަން އަންގައިފި

ބައްސާމްގެ ދެ ޕެންޓްހައުސް ޕޮލިހުންނާ ޙަވާލުކުރަން އަންގައިފި

އަައިޝަތު ޒީނާ
705 ދުވަސް ކުރިން - 4 އޮކްޓޫބަރު 2024 00:03
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު. / ފޮޓޯ: މިހާރު
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު. / ފޮޓޯ: މިހާރު
ޚުލާސާ

ފުލުހުންގެ ނޯޓިސްގައި ވަނީ ބައްސާމްގެ ދެ ޕެންޓްހައުސް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފުލުހުންނާ ޙަވާލު ނުކޮށްފި ނަމަ، އެ އިދާރާގެ ބެލުމުގެ ދަށަށް އެ ތަންތަން ނަގާނެ ކަމަށް.

ކޮވިޑު-19 އެހީގެ ގޮތުގައި ފީފާއިން ރާއްޖޭގެ ކުލަބުތަކަށް ދިން ފައިސާއިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ދެ ޕެންޓްހައުސް ނުވަތަ އެޕާޓްމަންޓްތައް ފުލުހުންނާ ޙަވާލުކުރަން އަންގައިފިއެވެ.

ފުލުހުން ފޮނުވާފައިވާ ނޯޓިސްގައި ވަނީ ބައްސާމްގެ ދެ ޕެންޓްހައުސް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފުލުހުންނާ ޙަވާލުކުރުމަށާއި އަދި އެ ދުވަހުގެ ކުރިން އެ ތަންތަން ފުލުހުންނާ ޙަވާލު ނުކޮށްފި ނަމަ، އެ އިދާރާގެ ބެލުމުގެ ދަށަށް އެ ތަންތަން ނަގާނެ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ބައްސާމް ގަތް އެ ދެ ޕެންޓްހައުސް ހުންނަނީ ތަނުގެ އުސޫލާ ޚިލާފަށް ގުޅުވާލާފައެވެ.

Advertisement

Advertisement 1

ކޮވިޑުގެ ދުވަސްވަރު ފީފާއިން ދިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ބައްސާމް ހުޅުމާލޭ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލާގައި އޭނާއާއި އިތުރު ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

ފުލުހުންގެ ތަހުޤީޤަށް ލިބުނު މަޢުލޫމާތުތަކާއެކު ދަޢުވާކުރުމަށް ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.

ފުލުހުން މި މައްސަލަ ތަހުޤީޤުކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ފުލުހުން ބުނީ އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމް ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާކަން ތަހުޤީޤށް ފާހަގަވެފައިވާ ކަމަށެވެ.

އެފްއޭއެމްގެ އެކައުންޓުން ބައްސާމް އޭނާގެ އަމިއްލަ އެކައުންޓަށް 10،000 ޑޮލަރު ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރި މައްސަލައިގައި ވެސް އޭނާގެ މައްޗަށާއި އަގީލްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް މި އަހަރުގެ ކުރީކޮޅުގައި ފުލުހުން ވަނީ ހުށަހަޅާފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ދޭ ޑޮލަރު އެ އެސޯސިއޭޝަނުގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގުމުގެ އެތައް މައްސަލައެއް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެފްއޭއެމް
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ައަލިމަނިކު

704 ދުވަސް ކުރިން - 23:32

ތިމީސްމީހުން އޮނު އޮރިޔާން ނިވާކޮށްގެން މަގުމަތީގަ ދެޖީބަށް އަތް ޖަހާލައިގެން އުޅެން ލަދެއް ހަޔާތެއްވެސް ނެތީބާވައޭ ހިތަށް އަރާ. މިރާއްޖޭގަ ތީ ހަމަ އެއްވެސް މައްސަލައެއް ނޫން. ކޮރަޕްޝަނާއި ފަސާދައިގަ މުޅި ޤައުމު ފުނޑިގެން ދާއިރު ރައްޔިތުން ތިބެނީ އަތްޖަހަން.

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20