ކޮލަމްބަސް ކްރޫ 2-3 ލަނޑުން ބަލިކޮށް އިންޓަ މިއާމީ އިން ފުރަތަމަ ފަހަރަށް އެމްއެލްއެސް ސަޕޯޓަރުންގެ ޝީލްޑް ކަށަވަރުކޮށްފި އެވެ. މި މޮޅަކީ އެ ކްލަބަށް ލިބުނު ތާރީހީ ކާމިޔާބަކަށް ވާއިރު، ކުޅެން ބާކީ ދެ މެޗު އެބައޮތެވެ.
އެޓީމުގެ ހުނަރުވެރި އާޖެންޓީާގެ ކެޕްޓަން ލިއޮނަލް މެސީގެ އިސްނެގުމުގައި މިއާމީ އިން ވަނީ މެޗުގެ ބޮޑު ބައެއް ޑޮމިނޭޓްކޮށްފަ އެވެ. ފުރަތަމަ ހާފުގައި މެސީ ވަނީ ދެލަނޑު ޖަހާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެލަނޑު ވެސް ޖެހީ ފަސްމިނެޓް ތެރޭގައެވެ. އެއީ 45ވަނަ މިނެޓުގައި ގޯލަކާއި ފުރަތަމަ ހާފުގެ އިތުރު މިނެޓް ފަސްމިނެޓުގައި 30 ޔާޑު ދުރުން ޖެހި ފްރީކިކުން ކާޟިޔާބުކުރި ގޯލެވެ.
މެސީ ފުރަތަަ ގޯލު ޖެހިތަނާ ޖެހިގެން އައި މިނެޓިގައި ކޮލަމްބަސް ކްރޫއިން ގޯލެއް ޖަހައި އެއްވަރު ކުރިއެވެ. މި ގޯލު ޖަހައިދިނީ 46ވަނަ މިނެޓުގައި ޑިއޭގޯ ރޮސީއެވެ. ފުރަތަމަ ހާފު ނިންމާލީ 2-1ގެ ލީޑަކާއިގެންނެވެ.
ދެވަނަ ހާފު ފެށިތަނާހެން އުރުގުއޭގެ ކުރީގެ ފޯވާޑް ލުއިސް ސުއަރޭޒް، އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ.
ކޮލަމްބަސްއިން އެޓީމުގެ ދެވަނަ ގޯލު ޖެހީ މިޔާމީ ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން 62ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.



