ލޭޝިއާގެ ވެރިރަށްށް ކުއާލަލަމްޕޫރުގައި މިއަދު ބޭއްވުނު ކޯނޭ ޑިސްޓްރިބިއުޓަރ ކޮންފަރެންސް 2024 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް "ސަސްޓެއިނަބަލް ސަކްސެސް ވިތް ކަސްޓަމަރސް" އެވޯޑު ލިބިއްޖެއެވެ.
މި ފަޚުރުވެރި ވަނަ ލިބުމަކީ ކުންފުނިން ގެންގުޅޭ އާ ޚިޔާލުތަކާއި އީޖާދުތަކުގެ ހެއްކެއްކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މިގޮތުން، ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް އަތްލާން ނުޖެހޭ ލިފްޓް ތަޢާރަފުކުރި ފަރާތަކީ ވެސް އެސްޓީއޯ ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.
އެސްޓީއޯގެ ފަރާތުން މި އެވޯޑާ ހަވާލުވުމަށް ކޮންންފަރެންސްގައި ބައިވެރިވެފައިވަނީ އެސްޓީއޯގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަންސް ސޮލިއުޝަން ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއާއި އެ ޑިޕާޓުމެންޓުގެ ސްޓްރެޓީޖިކް ސޭލްސް މެނޭޖަރ އަބްދުލް މަޖީދު މުހައްމަދެވެ.
މި އެވޯޑު ލިބުމުން އެސްޓީއޯގެ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރާއި، އެ ކުންފުނިން ގެންގުޅޭ އާ ޚިޔާލުތަކާއި އީޖާދުތަކުގެ މުހިންމުކަން ހާމަވެގެންދިޔައެވެ. އަދި މިއީ ދިވެހިރާއްޖޭގެ ވިޔަފާރި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެންދިޔަ ވަގުތެއްކަންވެސް ފާހަގަކުރެވެއެވެ.









