Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޮލަރު މައްސަލަ ޙައްލުކުރަން ސަރުކާރުން އެޅި ފިޔަވަޅަށް ފައްޔާޒް މަރުޙަބާ ވިދާޅުވެއްޖެ

ޑޮލަރު މައްސަލަ ޙައްލުކުރަން ސަރުކާރުން އެޅި ފިޔަވަޅަށް ފައްޔާޒް މަރުޙަބާ ވިދާޅުވެއްޖެ

އަައިޝަތު ޒީނާ
662 ދުވަސް ކުރިން - 2 އޮކްޓޫބަރު 2024 13:33
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. ފޮޓޯ: އެމްޑީޕީ
ޚުލާސާ

ފައްޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ހުރިހާ ވިިޔަފާރިތަކުން ޑޮލަރު ބޭންކަށް ޖަމާކުރުމަށާއި، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރު ހަވާލުކުރުން މަޖުބޫރުކޮށް، ސަރުކާރުން ދާދިފަހުން ގެންނަން ލާޒިމްކޮށްފައިވާ ބަދަލުތަކުން ރަމްޒުކޮށްދެނީ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނިންމި އެންމެ ބޮޑު ނިންމުން ކަމަށް.

ޑޮލަރު މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެ އިތުރު ކަންކަން ރަނގަޅުކުރުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައިފިއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ހުރިހާ ވިިޔަފާރިތަކުން ޑޮލަރު ބޭންކަށް ޖަމާކުރުމަށާއި، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރު ހަވާލުކުރުން މަޖުބޫރުކޮށް، ސަރުކާރުން ދާދިފަހުން ގެންނަން ލާޒިމްކޮށްފައިވާ ބަދަލުތަކުން ރަމްޒުކޮށްދެނީ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނިންމި އެންމެ ބޮޑު ނިންމުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިކަމުގެ ސަބަބުން ބައެއް ޕްރެޝަރުތަކަށް ލުޔެއް ލިބުނު ނަމަވެސް، އެކަން ތަންފީޒުކުރެވިފައިވާ ގޮތަކީ މައްސަލަބޮޑު ގޮތެއް ކަމަށެވެ.

Advertisement

Advertisement 1

ފައްޔާޒް ވިދާޅުވީ 2022 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ލިބޭ އާމްދަނީގެ އިންސައްތައެއް ދޫކޮށްލަން ޖެހޭ ގޮތަށް ކަމަށާއި، ބޭރު ފައިސާ ހޯދާ ފަރާތްތަކަށް އެފަރާތްތަކުގެ ވަކި ބޭނުންތައް ފުއްދައިދޭނެކަމުގެ ވަކި ގެރެންޓީތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް ހިތާމައަކީ މި ނިންމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަންފީޒު ނުކުރެވުނީ ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމާއި ކޮވިޑް-19 އިން އަރައިގަތުން ފަދަ ތަފާތު ސަބަބުތަކާ ހުރެ ކަމަށާއި އެކަމުގެ ސަބަބުން މިފަދަ ބަދަލަކަށް އިންޑަސްޓްރީ ތައްޔާރު ނުވާތީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ހަމައެކަނި މި ފިޔަވަޅުގެ ސަބަބުން ޑޮލަރުގެ ބާޒާރުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، މަނިޓަރީ ޕޮލިސީ އެއްގޮތްކޮށް، ފައިސާ ބަދަލުކުރާ މުއައްސަސާތައް މޮނިޓަރކުރުން ހަރުދަނާކުރުމުގެ އިތުރުން، އެހެނިހެން ފިޔަވަޅުތައް އަޅައި، މެކްރޮއިކޮނޮމިކް ބެލެންސް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން މި ނިންމުން މުރާޖަޢާކޮށް، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރުގެ ރޭޓެއް ނެގުމުގެ ބަދަލުގައި، ލިބޭ ބޭރުގެ އާމްދަނީގެ ނިސްބަތަށް އެޑްޖަސްޓް ކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ މި ސިޔާސަތުގެ މިހާރުގެ ސިފައިގައި ފަތުރުވެރިންގެ އަތުން ގިނައިން ރުފިޔާ ލިބެމުން އަންނަ ގެސްޓްހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތަކަށް ގެއްލުންވާނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން ލިވްއަބޯޑް އިންޑަސްޓްރީއަށާއި މެދު ފަންތީގެ ރިސޯޓްތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެ، ކުދި އަދި މެދުރާސްތާގެ ތަންތަނުގެ ދެމިއޮތުމަށާއި، މުސްތަޤްބަލުގައި ބޭރުގެ އިންވެސްޓްމަންޓްތައް އައުމަށް ބުރޫއަރާފާނެތީ، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށައި، މިހާރު ޢަމަލުކުރަމުންދާ ޤަވާޢިދު މުރާޖަޢާކޮށް، ކުރިއަށް ދާނެ ގޮތާމެދު ހަރުދަނާ އެއްބަސްވުމަކަށް އައުމަށް ސަރުކާރަށާއި އެމްއެމްއޭއަށް ފައްޔާޒް ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ދެ ޤަވާއިދެއް އެމްއެމްއޭ އިން ތައާރަފްކޮށްފައިވަނީ އިއްޔެއެވެ.

މި އައު ޤަވާއިދުތަކަކީ 37 އަހަރު ކުރިން އެކުލަވާލެވުނު ބޭރުފައިސާއާބެހޭ ޤަވާއިދާއި މަނީ ޗޭންޖާބެހޭ ޤަވާއިދު އުވާލުމަށްފަހު އަލުން އެކުލަވާލެވުނު ދެ ޤަވާއިދެވެ. މި ޤަވާއިދުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، ވިޔަފާރިތަކަށާއި އާންމުންނަށް ލިބޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމެވެ. 

ފައްޔާޒް އިސްމާއިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

އަމިއްލަ ފަރާތަކަށް އެމްޑީޕީގެ ވެރިކަމުގައި “ޤައުމީ ދަރަޖަ” ދީގެން އުޅޭ މައްސަލަ އެއް

އަމިއްލަ ފަރާތަކަށް އެމްޑީޕީގެ ވެރިކަމުގައި “ޤައުމީ ދަރަޖަ” ދީގެން އުޅޭ މައްސަލައެއް

25 ދުވަސް ކުރިން - 18:26

ރޫޅާލި ޕާޓީގެ ތަޚުތު ހޯދުން: ނަޝީދުގެ ސިޔާސީ ކުޅިގަނޑާއެކު އެމްޑީޕީ ދާޚިލީ ހަނގުރާމައަކަށް

ނަޝީދުގެ ސިޔާސީ ކުޅިގަނޑާއެކު އެމްޑީޕީ ދާޚިލީ ހަނގުރާމައަކަށް

85 ދުވަސް ކުރިން - 15:50

2028 ގައި ހޮވައިފި ނަމަ ދައުލަތުގެ ވެރިޔަކަށް ނަޝީދު އައްޔަންކުރާނަން: ފައްޔާޒު

ފައްޔާޒުގެ ވެރިކަމެއްގައި އަންނި ދައުލަތުގެ ވެރިޔަކަށް އައްޔަންކުރަނީ

98 ދުވަސް ކުރިން - 17:07

އެމްޑީޕީ ތެރޭ އަނެއްކާވެސް ތަޅާފޮޅެން ފަށައިފި

އެމްޑީޕީ ތެރޭ އަނެއްކާވެސް ތަޅާފޮޅެން ފަށައިފި

243 ދުވަސް ކުރިން - 19:48

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި

244 ދުވަސް ކުރިން - 00:34