Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 14 އޯގަސްޓް 2026 10:21
ފައްޔާޒު (ވ) ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ މިފަހަރު ކާމިޔާބު ކުރައްވާނީ އޭނާ ކަމަށް.
ފައްޔާޒު (ވ) ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ މިފަހަރު ކާމިޔާބު ކުރައްވާނީ އޭނާ ކަމަށް.
ޚުލާސާ

ފައްޔާޒު މިހާރު އިސްވެ ހުންނަވައި ހިންގަވާ "ބޮޑު ބަދަލު" ހަރަކާތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނާ ވެސް ގުޅިގެން، ޞާލިޙްގެ ސިޔާސީ ބާރު ކަނޑުވާލުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިފަކުރޭ.

އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އަމިއްލަފުޅަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕާޓީގެ ތެރެއިން ދެން ފުރުސަތެއް ނެތް ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.

އެމްޑީޕީގެ ރިފޯމް ހަރަކާތް ކަމަށްވާ "ބޮޑު ބަދަލު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ހެޔޮ ހާލުގައި ހުރެއްޖެ ނަމަ މާތް ﷲގެ އިރާދަފުޅާއެކު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެ އަމާޒަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

"އެހެނެއް ނޫން، ގައުމުގެ ހާލަތާއި ރިއާޔަތްކޮށް މިގައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި އަޅުގަނޑު ހުންނާނަން އެކަމުގެ އެންމެ ކުރީގަ،" 
ފައްޔާޒު ވިދާޅުވި އެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ފައްޔާޒުގެ މި ވާހަކަފުޅަކީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކުރީގެ ރައީސް ޞާލިޙަށް އޮތް ތާއީދު ކުޑަކޮށް، ޕާޓީގެ މުސްތަގުބަލު އޮތީ އައު ލީޑަޝިޕަކާއެކު ކަން ހާމަކުރުމަށް ދެއްވި ވަރުގަދަ ރައްދެކެވެ. ރައީސް ޞާލިޙްގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަތައް އެދެވޭ ގޮތެއްގައި ނުބެލުމާއި، އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅުންހުރި މައްސަލަތަކާއި، ގައުމުގެ ދަރަނި ބޮޑުވުމުގެ ސަބަބުން އާންމުންގެ ބޮޑެތި ތުހުމަތުތަކެއް ސޯލިހަށް ވަނީ އަމާޒުވެފަ އެވެ.

Advertisement

Advertisement 1

ފައްޔާޒު މިހާރު އިސްވެ ހުންނަވައި ހިންގަވާ "ބޮޑު ބަދަލު" ހަރަކާތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނާ ވެސް ގުޅިގެން، ޞާލިޙްގެ ސިޔާސީ ބާރު ކަނޑުވާލުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިފަކުރެވެ އެވެ.

ފައްޔާޒް އިސްމާއިލްއިބްރާހިމް މުހައްމަދު ސޯލިހްރައީސް އިބްރާހިމް ސޯލިހް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ މި ނިންމެވުމާއެކު ސިޔާސީ މަސްރަހު ހޫނުވެއްޖެ!

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ ނިންމެވުމާއެކު މަސްރަހު ހޫނުވެއްޖެ!

1 ދުވަސް ކުރިން - 16:16

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

27 ދުވަސް ކުރިން - 05:40

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

39 ދުވަސް ކުރިން - 23:29

އަމިއްލަ ފަރާތަކަށް އެމްޑީޕީގެ ވެރިކަމުގައި “ޤައުމީ ދަރަޖަ” ދީގެން އުޅޭ މައްސަލަ އެއް

އަމިއްލަ ފަރާތަކަށް އެމްޑީޕީގެ ވެރިކަމުގައި “ޤައުމީ ދަރަޖަ” ދީގެން އުޅޭ މައްސަލައެއް

44 ދުވަސް ކުރިން - 18:26

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

81 ދުވަސް ކުރިން - 13:16

ގެރިމަސް ނުކާ ތިން ކާޅު: ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

90 ދުވަސް ކުރިން - 16:26