ވެރިރަށް ތެލްއަވީވް ހިމެނޭ ގޮތަށް އިސްރާއީލުގެ އެކި ހިސާބުތަކުގައި ވައިގެ ހަމަލާތަކުގެ ސައިރެންތަކުގެ އަޑު އިވުނެވެ. އީރާނުން އެންމެ ފަހުން އިސްރާއީލަށް ހަމަލާދިނީ އޭޕްރީލް މަހު ނަމަވެސް އެމެރިކާއާއި އުރުދުން އަދި އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު އިސްރާއީލުން ވަނީ އެގައުމުގެ ސަރަހައްދަށް ފޮނުވާލި އެތައް ސަތޭކަ މިސައިލާއި ޑްރޯންތަކެއް ގާތްގަނޑަކަށް ހުއްޓުވާފައެވެ.
އިތުރަށް އެނގެން މުހިއްމު:
އެމެރިކާ ސިފައިން: އީރާނުގެ މިސައިލްތަކާ ދެކޮޅަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ ޑިސްޓްރޯޔަރ އިން އިސްރާއީލުގެ ދިފާއިގައި މަސައްކަތް ކުރިއެވެ. ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޖެނެރަލް ޕެޓް ރައިޑާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ޕެންޓަގަން އިން ހޯމަ ދުވަހު އިއުލާން ކުރި ގޮތުގައި އެމެރިކާ ސިފައިންގެ އިތުރު "އެތައް ހާސް" ސިފައިން އެ ސަރަހައްދަށް ފޮނުވާއިރު، މިހާރު ވެސް އެ ސަރަހައްދުގައި 40،000 އެއްހާ ސިފައިން އެބަތިއްބެވެ.
ސަރަޙައްދީ ޖަވާބު: އީރާނުން އިސްރާއީލަށް ދިން ހަމަލާގެ ޚަބަރާއެކު މުޅި ބެއިރޫތުގައި އުފާފާޅުކުރުމުގެ އަޑު އިވިގެން ދިޔައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން އަންނަނީ ބެއިރޫތާއި ކައިރީގައި ހުރި ހިޒްބުاللهގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.
އުރުދުން: އޭޕްރީލް މަހު އީރާނުން އިސްރާއީލަށް ފޮނުވާލި ހަމަލާތައް ހުއްޓުވުމަށް އެހީތެރިވި އިސްރާއީލާއި އެމެރިކާގެ ބައިވެރިޔާއަކީ އީރާނާއި އިސްރާއީލާއި ދެމެދުގައޮ އޮތް އުރްދުން އެވެ. އުރްދުން އިން ދިޔައީ އީރާނުގެ ހަމަލާތައް ހުއްޓުވުމުގައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އުރްދުންގައި ގިނަ އަދަދަކަށް އެމެރިކާގެ ސިފައިންނާއި އެމެރިކާއިން އިސްރާއީލް ދިފާއު ކުރަންވެގެން ޖަމާކޮށްފައިވާ ހަތިޔާރުތައް އެބަހުއްޓެވެ.
ޓެލް އަވީވްގައި ބަޑިޖެހުން: އީރާނުގެ މިސައިލް ހަމަލާއަކުން ހިޔާވަހިކަން ހޯދުމަށް އިލްތިމާސް ކުރިތާ މާގިނައިރުތަކެއް ނުވެ ތެލް އަވީވްގައި ބަޔަކު ވަނީ ބަޑި ޖަހާފައެވެ. އެ ހަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ އިތުރު ބަޔަކު ޒަހަމް ވިއެވެ. މިއީ މުޖާހިދުންގެ ހަމަލާ ތަކެކެވެ،
ލުބުނާން ފޭބުން: ރައީސް ޖޯބައިޑަންގެ ސަރުކާރުން އިލްތިމާސްކުރި ގޮތަށް ލުބުނާނުން ފުރަން ބޭނުންވާ އެމެރިކާގެ ރައްޔިތުންނަށް "އިތުރު ސީޓުތައް ފޯރުކޮށްދިނުމަށް" އެއާލައިންތަކާއި ގުޅިގެން ސްޓޭޓް ޑިޕާޓްމަންޓުން މަސައްކަތް ކުރަމުންދާ ކަމަށް އެ ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވި ކަމަށް ހަބަރުތައް ބުނެއެވެ.
މިރޭ މުޖާހިދުން ވަނީ ތެލްއަވީވްގެ އެކި ތަންތަނުގައި ބަޑީގެ ހަމަލާދީ ޔަހޫދީންތަކެއް މަރާލާފަ. މަރުވި ޔަހޫދީންގެ އަދަދު 8އަށް އަރައިފި

މުޖާހިދުން ބަޑިޖަހައި މަރާލާފައިވާ ބައެއް ޔަހޫދީން އިސްރާއީލުގެ ވެރިރަށުގެ މަގުމަތީގައި
އީރާނުން ބުނީ ފަލަސްތީނުގައި ތިބި ޔަހޫދީންނަށް ވެސް މިސައިލް ހަމަލާތައް އަމާޒުކުރި ކަމަށް. ހަބަރު ލިބޭ ގޮތުގައި ފަލަސްތީނުގެ ރަށްވެއްސަކު ވަނީ މިރޭ އީރާނުން ފޮނުވާލި ހަމަލާގައި ޝަހީދު ވެފައި
އީރާނުން ފޮނުވާލި މިސައިލެއް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށް ޚަބަރު ލިބޭ. އޭތި ވެއްޓުނީ ދެ އިމާރާތުގެ ދޭތެރެއަށް. ނަސީބަކުން ގޮވާފައި ނުވޭ.
އެމެރިކާއިން ބުނަނީ އީރާނުން 180 ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް. ބައެއް ހަބަރުތައް ބުނާގޮތުގަައި އީރާނުގެ މިސައިލްތައް 15 މިނެޓްތެރޭ އިސްރާއީލާއި ހަމަޔަށް ވަނީ ފޯރާފައި
އީރާނުން ފޮނުވާލީ 500 މިސައިލް ކަމަށް ހަބަރު ލިބެއެވެ.
އީރާނުގެ ހަމަލާތަކުގެ ބިރުވެރިކަން އޮތްއިރު، މިރޭ ތެލައަވީވްގައި މުޖާހިދުން ވަނީ ހަމަލާދީ ޔަހޫދީންގެ 4 މީހަކު މަރާލާފައި
އީރާނުން ފޮނުވާލި މިސައިލްތައް އިސްރާއީލްގެ އަޝްކަލޯން ސިޓީގެ މަތިން ދަތުރުކުރާ މަންޒަރު. ގިނަ މިސައިލްތައް ވަނީ ގޮއްވާލާފައި ކަމަށް އިސްރާއީލުން ބުނޭ
އަނިޔާވެރި އިޒްރޭލާއި ދެކޮޅަށް އިރާނުން ދިން ހަމަލާތަކާއި ގުޅިގެން ބޮޑު ހަނގުރާމައެއްގެ ބިރު ބޮޑުވެ، އިޒްރޭލާއި އުރުދުން އަދި އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.
އީރާނުން ބުނީ އެމީހުން ދިން ހަމަލާއަކީ ޝަހީދުކޮށްލި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި، ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަށް ހާއްސަކުރި ހަމަލާއެއް ކަމަށާއި ރައްދުގައި އިސްރާއީލުން ހަމަލާ ދީފިނަމަ ބަދަލު ހިފާނެ ކަމަށެވެ.
"އީރާނުން ވައިގެ މަގުން އިތުރު ނުރައްކާތަކެއް" މިހާރު ދެނެގަނެވިފައި ނުވާ ކަމަށާއި އެއީ މިވަގުތު ހަމަލާ ނިމިފައިވާ ކަމުގެ އިޝާރާތެއް ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލްތައް އިސްރާއީލުގެ ވައިގެ ދިފާޢީ ބާރުން ވައްޓާލާފައިވާއިރު، މަދު މިސައިލްތަކެއް ވެއްޓުނީ އިސްރާއީލުގެ މެދުތެރެއާއި ދެކުނުގައި ކަމަށް އިސްރާއީލް ސަރުކާރުން ބުނެފައިވެއެވެ.










