Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުރިހާ ކުދިން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި

ހުރިހާ ކުދިން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި

އުސްތާޛް އަލީ އާދަމް
663 ދުވަސް ކުރިން - 1 އޮކްޓޫބަރު 2024 13:19
ފޮޓޯ: މިނިސްޓްރީ
ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ސަރުކާރުން ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ފަށައި ފަންނިއްޔާތާއި ޓެކްނޮލޮޖީގެ ބޭނުން އިތުރުކޮށް، ހުރިހާ ކުދިންނަށް ހަމަހަމަ ފުރުޞަތު ދިނުމަށާއި، ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އިދާރީ މަސައްކަތްތައް ލުއިކުރުމަށް ސަމާލުކަން ދޭ

ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ކުދިން ޝާމިލްވާ ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ޓީޗަރުންގެ ބައިނަލްއަޤްވާމީ 7 ވަނަ މާހީސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގައި ފަންނީއްޔާތު ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ މި މަޤްޞަދު ހާސިލްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޖިއޮގްރަފީއާ ގުޅިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ތަޢުލީމީ ނިޒާމު ޑިޖިޓަލައިޒްކުރުމަކީ މުހިންމު ކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށްވާއިރު، ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން، ހުރިހާ ކުދިންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، އިދާރީ މަސައްކަތްތައް ލުއިކޮށްދިނުމަކީ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މިކަންކަމަށް ރިޢާޔަތްކޮށް، ސަރުކާރުން ވަނީ ޓީޗަރުންގެ މަސައްކަތުގެ ވަގުތު ކުޑަކުރުމާއި، އިދާރީ ޒިންމާތައް ލުއިކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި 248 ބައިވެރިން ބައިވެރިވެއެވެ. މީގެ ތެރޭގައި އޭ ލެވެލްއަށް ކިޔަވާ ދަރިވަރުންވެސް ހިމެނެއެވެ. މި މަހާސިންތާއަކީ ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ މަހާސިންތާއެކެވެ.

މެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

35 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

42 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

78 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

82 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

84 ދުވަސް ކުރިން - 16:02

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

91 ދުވަސް ކުރިން - 00:52