އދ ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ދެއްވި ތަގުރީރުތަކުގައި، ރާއްޖޭގެ ރައީސް ، ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ސުލްހައާއި އިންސާފުގެ އާ "ބައްޕަ"އެއްގެ ގޮތުގައި ފާޅުވެވަޑައިގެންފައެވެ. ކުޑަ ޖަޒީރާ ސުވަރުގެއެއް ތަމްސީލުކުރައްވަމުން އެމަނިކުފާނު ވިދާޅުވި ބަސްފުޅުތަކުން ދުނިޔޭގެ ލީޑަރުންތައް ޖަމާވެފައި ތިބި ހޯލުން ގުގުމާލިއެވެ. ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހައްދުން ނެއްޓިފައިވާ ޤަތުލުޢަންމުތައް ހިތްވަރާއެކު ކުށްވެރި ކުރައްވައި، ސުލްހައަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުން ، "ދުނިޔޭގެ ސުލްހައިގެ ބައްޕަ" ގެ ލަގަބު ލިބުން ހައްގެވެ.
އަނެއް ބަޔަކު ހިމޭންވެފައި ނުވަތަ ދުނިޔޭގެ ޕުރެޝަރު ކޯޅުންތައިކާ ދެކޮޅަށް ސީދާ އެއްޗެކޭ ވިދާޅުވާން ޖެހިލުންވެ ވަޑައިގެންފައި ތިއްބެވިއިރު، ރައީސް ޑރ.މުޢީއްޒު ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވުމަށް ކެރިގެން ގޮވާލައްވާފައެވެ.
"Israel must be held accountable for these acts of terrorism, for these violations of international law & UN resolutions."
ކުޑަކުދިން ހިމެނޭ ގޮތަށް އިސްރާއީލުން ރައްޔިތުންތަކެއް ނައްތާލަމުންދާއިރުގައާއި، ހޮސްޕިޓަލްތަކާއި ގެދޮރާއި ސްކޫލްތައް ހަލާކުކުރާއިރު އެމައްސަލަތައް ރައީސް ޑރ.މުޢިއްޒު ކުށްވެރިކުރެއްވިއެވެ. ހަނގުރާމައިގެ ބިރުވެރިކަން ތަހައްމަލު ކުރަމުންދާ މީހުންނާއިމެދު މިފަދަ ރާގެއްގައި ރައީސް ޑރ މުޢިއްޒު ފިޔަވއި އެހެން އެއްވެސް ލީޑަރަކު ވާހަކައެއް ނުދައްކަވައެވެ.

ރައީސް ޑރ.މުޢިއްޒުގެ އާދޭސް ފުޅާވެގެން ދިޔައީ ދުނިޔޭގެ އެހެން ވެރިން މީގެ ކުރިން ވިދާޅުވި ބަސްފުޅުތަކާއި ދެކޮޅަށް އެ ބަސްމަގުގެ ބޭރުންނެވެ. ޑިމާންޑް ކުރެއްވީ 1967 ގެ ކުރިން ބޯޑަރުތަކާއި އިރުމަތީ ގުދުސް ވެރިރަށް ކަމުގައިވާ ފަލަސްތީނުގެ އިސްތިގުލާލާއި އަދި މިނިވަން ދައުލަތެއް ވަގުތުން ގާއިމް ކުރުމަށެވެ. އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ހާސިލް ކުރުމަށް އެމަނިކުފާނު ގޮވާލެއްވުމުން އެތަނުގައި ހާޒިރުވެގެން ތިއްބެވި މެޖޮރިޓީ ލީޑަރުންގެ އަތްތިލަބަޑިތަކުން މުޅި ހޯލު ގުގުމާލިއެވެ. ގިނަ މެމްބަރު ގައުމުތަކުގެ މެދުގައި ބޮޑު ތަރުހީބެއް ލިބުނެވެ. ރައީސް ޑރ. މުޢިއްޒު އަކީ ހަމައެކަނި ސިޔާސީ ގަރާރުތަކެއް އިއްވާ ބޭފުޅެއް ނޫން ކަމަށާއި، އިންސާނީ ކަރާމާތާއި، އިންސާފާއި، ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރައްވާ ލީޑަރެއްކަން އެމީހުންނަށް ޚުދު ޤަބޫލުކުރެވުނެވެ.
ނަސްލު ނައްތާލުމުގެ ހަނގުރާމަ" ހުއްޓުވުމުގައި އދގެ ބާރުގަދަ ގައުމުތަކުގެ ސަބަބުން ލިބުނު ނާކާމިޔާބީތަކަށް އަލިއަޅުވާލެއްވި އެވެ. ވީޓޯ ނިޒާމަށް ދެއްވި ތޫނު ފާޑުކިޔުންތަކަށް ކައުންސިލްގެ ފިޔަވަޅު ނޭޅުމުން މާޔޫސްވި މީހުންގެ އަތްތިލަބަޑިތަކުގެ އަޑު މާބޮޑަށް ވެސް އިވިގެން ދިޔައީ އެމަނިކުފާނު ހައްގަށް ވަކާލާތު ކުރެއްވީމައެވެ.
"We must accept a sovereign and independent Palestinian State on the pre-1967 borders, with East Jerusalem as its capital."
"We welcome the decision to seat our brothers and sisters from Palestine with us here in the General Assembly, for the first time, instead of behind us."
"Now, we must ensure that Palestine becomes a full member of the UN."
"We sit here today while a genocide unfolds under the nose of a Security Council unwilling to uphold international law and put an end to it."
"The veto continues to paralyse the Council from stopping Israel’s genocidal war against the Palestinian people."
"On the sixteenth of November last year, thirty-six UN Special Rapporteurs and Experts referred to ‘a genocide in the making’ in Gaza."
"The veto has allowed Israel to continue with impunity, in practicing brutal occupation and risking regional security."

އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދު ހިފާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ބައިނަލްއަގްވާމީ ކޯޓުން ދާދި ފަހުން ހޯދި ހޯދުންތަކަށް އިޝާރާތް ކުރައްވައި، މި ހުކުމްތައް ދަމަހައްޓައި އިންސާފު ލިބޭތޯ ބައިނަލްއަގްވާމީ މުޖުތަމައަށް އެމަނިކުފާނު އިލްތިމާސް ކުރެއްވުމުން، ބާރުގަދަ ގައުމުތަކޭ ބުނާ ގައުމުތަކުގެ ލީޑަރުން ވެސް ތިބީ ބަސް ހުއްޓިފައެވެ. ވާނީ ވެސް އެހެންތާއެވެ. އެމީހުން ދެކެ ބިރުން ނަމަވެސް، މީގެ ކުރިން އެއްވެސް ގައުމެއްގެ ވެރިޔަކަށް އެމީހުންނާއި ދެކޮޅަށް ބަސް ބުނާކަށް ކެރިވަޑައިނުގަތެވެ. ރައީސް ޑރ. މުއިއްޒު ފިޔަވައެވެ.
އެމަނިކުފާނު ގޮވައިލެއްވީ ހަމައެކަނި ގާނޫނީ ފިޔަވަޅު އެޅުމަކަށްނޫނެވެ. ގެއްލިފައިވާ ފުރާނަތަކާއި ޝަހީދު ކޮށްލެވުނު ނޫސްވެރިންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވިއެވެ.
މި މުހިންމު ވަގުތުތަކުގައި، ދުނިޔޭގެ މުޖުތަމައު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ މުސީބާތަކާ ކުރިމަތިލާއިރު، ރައީސް މުއިއްޒު ދުނިޔެއަށް ދެއްކެވީ އަޚުލާޤީ ސަމުގާ އެކެވެ. އެއް ޒަމާނެއްގައި ހަމައެކަނި ސުލްހަވެރި ފަތުރުވެރިކަމުގެ ސުވަރުގެއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖެއަކީ ދުނިޔެ ސުލްހައާއި ދިމާއަށް ގެންދިއުމުގެ ތަސައްވުރު ގެންގުޅުއްވާ ލީޑަރެއް ހުރި ގައުމެއް ކަމެވެ.
(ޖީމު)









