އުރީދޫއިން އައިފޯން 16 ޕްރީއޯޑަރ ކުރި ފަރާތްތަކަށް ފޯނު ޙަވާލުކޮށްފިއެވެ.
އުރީދޫއިން ކަސްޓަމަރުންނާ ފޯނުތައް ޙަވާލުކޮށްފައިވަނީ ރޭ 12 ޖެހިއިރު އެ ކުންފުނީގެ މައި އޮފީހުގައެވެ.
އައިފޯން 16 ޕްރީއޯޑަރ ކުރުމަށް އުރީދޫއިން ހުޅުވާލައިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އުރީދޫއިން އައިފޯން 16 ޕްރީއޯޑަރ ކުރަން ފެށޭ އަގަކީ 24,899 ރުފިޔާއެވެ. އަދި ޕްރޯ މެކްސް ފެށޭ އަގަކީ 27,199 އަށެވެ.
ޕްރީއޯޑަރ ގެ އިތުރުން އިންސްޓޯލްމަންޓަށްވެސް އުރީދޫއިން ފޯނު ގަތުމަށް ހުޅުވާލައެވެ. މިފަހަރު އިންސްޓޯލްމަންޓަށް އައިފޯން 16 ދޫކުރުން އަދި ހުޅުވާ ނުލިނަމަވެސް އުރީދޫއިން ބުނީ އިންސްޓޯލްމަންޓަށް ފޯނު ދޫކުރުން ހުޅުވާލުމުން ސޯޝަލް މީޑިއާގައި ޢިއުލާނުކުރާނެ ކަމަށެވެ.
މި ފޯނުތައް އެޕަލް އިން ތައާރަފްކޮށްފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. މި ފޯނުތައް ފަރުމާކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ޤާބިލުކަމާއެކު ކަން ފާހަގަކޮށްލެވެއެވެ. އަދި ފާހަގަކޮށްލެވޭ އިތުރު ފީޗާތަކުގެ ތެރޭގައި ޕަވަރ ބަޓަންގެ ތިރީގައި ހުންނަ 'ކެމެރާ ކޮންޓްރޯލް' ބަޓަން އާއި ކުރީގެ ފޯނުތަކަށް ވުރެ އެތައް ގުނައެއް ހަލުވި ކޮށްދޭ ޕްރޮސެސަރު ހިމެނޭކަމަށް އެޕަލް އިން ބުންޏެވެ.
އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސްގެ ކުލަތަކުގެ ތެރޭގައި ހިމެނެނީ ބްލެކް ޓައިޓޭނިއަމް، ޑެޒާޓް ޓައިޓޭނިއަމް، ނެޗުރަލް ޓައިޓޭނިއަމް އަދި ވައިޓް ޓައިޓޭނިއަމް އެވެ.









