ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތާއި ހަވާލުވީ އަމިއްލަ ފައިދާއަކަށް ނޫން ކަމަށް އެ ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ޒުހޫރު ވިދާޅުވީ އެ ޒިންމާއާއި ހަވާލުވީ ފީފާއިން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާން އެދުމުންނެވެ.
އޭނާގެ އަސާސީ އަމާޒަކީ، ޚާއްސަކޮށް ރާއްޖޭގައި ޔޫތު ފުޓްބޯޅައަށް އަސަރުކޮށްފައިވާ ސަސްޕެންޝަނަށް ފަހު، އަހަރެއްހާ ދުވަހުގެ ތެރޭގައި އެފްއޭއެމް އަލުން މަގަށް ނެރުމެވެ. "އެފްއޭއެމް އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. ސަރުކާރުންވެސް ކޮމިޓްމެންޓް ދިން އެފްއޭއެމް އެ ހާލަތަށް ދިޔަނުދީ، އެއްބާރުލުން ދެއްވާނެ ކަމަށް." ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު ވިދާޅުވީ އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.









