އަންގާރަ ދުވަހު ލުބުނާނުގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް އެއްފަހަރާ އެތައް ސަތޭކަ ޕޭޖަރެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 3500އެއްހާ މީހން ޒަޚަމް ކޮށްލި ވަޔަރލެސް އެޓޭކަކީ އިސްރާއީލުން ހިންގި ޖަރީމާއެއްކަން ފަޅާއަރައިފިއެވެ. މިކަން ފަޅާއެރުވީ ސީއެންއެން އިންނެވެ.
ސެކިއުރިޓީ މަސްދަރަކާއި ހަވާލާދީ ސީއެންއެން ރިޕޯޓް ކުރި ގޮތުގައި އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތް ހިޒްބުالله އަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ އިސްރާއީލުގެ މޮސާދާއި އަސްކަރިއްޔާގެ ސިއްރު އޮޕަރޭޝަނެކެވެ.
1972ވަނަ އަހަރުން ފެށިގެން...
ސީއެންއެން އިން ބުނީ 1972 ވަނަ އަހަރު އިސްރާއީލުގެ 11 މީހަކު މިއުނިކްގައި މަރާލާފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވަނީ “އޮޕަރޭޝަން ވްރެތް އޮފް ގޯޑް” ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން މުވާސަލާތީ ވަސީލަތްތަކުގައި ގޮވާތަކެތި އިންދައެވެ. އަދި މިއުނިކް ހާދިސާގައި ބައިވެރިވި މީހުން ހޯދުމަށް އަހަރުތަކެއް ހޭދަކޮށްފައި ވެއެވެ.
ޕެރިހުގައި ހުންނަ ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ މަންދޫބު މަހްމޫދު ހަމްޝާރީ އަށް ވެސް އަމާޒުކޮށް އިސްރާއީލުގެ މޮސާޑުން ވަނީ، އިޓާލީގެ ނޫސްވެރިއެއް ކަމަށް ހެދިގެން އޭނާގެ ގެޔަށް ވަދެ އިންޓަވިއުއެއް ކުރުމަށް ކަަމަށް ބުނެ ފޯނުގައި މިބާވަތުގެ އެއްޗެއް ހަރުކޮށްފައެވެ.









