އިސްރާއީލުން އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރް އަލްބާލާއަށް ދިން ބޮމުގެ ހަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ ފަސް މީހަކު މަރުވެ އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.
މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކއިން ދީފައިވާ މަތިންދާބޯޓުތައް އަމާޒުކޮށްފައި ވަނީ ދައިރް އަލްބާލާގެ އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލް ކައިރީގައި ހުރި އަބޫ ސަމާކް އާއިލާގެ ގެއަކަށް ކަމަށާއި އެގޭގައި ދިރިއުޅޭ ހަތަރު ކުދިންނާއި މަންމަ މަރުވެ އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
އިސްރާއީލުގެ ހެލިކޮޕްޓަރުތަކުން ވެސް ޣައްޒާ ސިޓީގެ އިރުދެކުނު ސަރަހައްދުގައި އޮންނަ އަލް ޒައިތޫން އަވަށުގެ ގެތަކަށް ބަޑިޖަހާފައިވާއިރު، އާޓިލަރީން ވަނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނު އަވަށްތަކަށް އަނެއްކާ ވެސް ބޮން އަޅަން ފަށާފައި ކަމަށް ވެސް ޚަބަރު ލިބެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ބިމާއި ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ބާރުތަކުން ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ މި އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ ބައިލައްކައެއްހާ މީހުން ޝަހީދުވެ 95،818 މީހުން ޒަޚަމްވެފައިވާއިރު ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ









